ހިމްނާއާއި ސުޒައިން ރެކޯޑު ހަދައިފި

އައްޑޫސިޓީ ހިތަދޫގައި މިހާރުކުރިއަށްދާ މަކިޓާ ދިހަވަނަ އެޓޯލްސް ޖޫނިއަރ ޗެމްޕިއަންސް ޝިޕް އެތުލެޓިކްސް މުބާރާތުގެ ހީޓް ރެކޯޑް އައްޑޫސިޓީ ހިތަދޫ ސްކޫލުގެ ދަރިވަރު އައިޝަތު ހިމްނާ ހަސަން ގާއިމް ކޮށްފިއެވެ. އޭނާ ރެކޯޑު ގާއިމްކުރީ 100 މީޓަރުގެ ދުވުމުންނެވެ. އޭނާ މިރެކޯޑު ހެދީ ކުރިން މި ރިކޯޑް އޮންނަ ކުލަބް އީގަލްސްގެ އައިޝަތު ޒަރާ އާތިފް 13.08 ސިކުންތުން ދުވެފައިވާ ވަގުތަށް ވުރެ 5 މިލިސިކުންތު އަވަހަށް ދުވެގެންނެވެ. ހިމްނާ […]

މިނިވަންކަޕް 2017 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މިނިވަންކަޕް 2017 ގެ ނިންމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފިއެވެ. ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު  ޝަރަފުވެރިކޮށްދެއްވީ ހުޅުދޫ މީދޫ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނާޓާ އަލީ މުހައްމަދު އެވެ. މީގެ އތިރުން މި ރަސްމިއްޔާތުގައި ހުޅުދޫ ސިޓީ ކައުންސިލަރ ޝުކުރީ އާއި ޑެޕިއުޓީ މޭޔަރު ޔަސްރިފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ހަފްލާގައި ވާހަކަދައްކަމުން ޝަރަފުވެރި މެހެމާނު އަލީ މުހައްމަދު ވަނީ ފުޓްސެލް ދަނޑާއި ކުޅިވަރު […]

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޝާއްޕެ

މިނިވަންކަޕް 2017 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭޓީ ސްޕޯޓްގެ އަބްދުއްﷲ ޝާފިއު(ޝައްޕެ)ހޯދައިފިއެވެ. މީގެ އިތުރުން މުޅި މުބާރާތުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވަނީ ޝާއްޕެއަށެވެ. މިނިވަންކަޕް 2017 ގައި ޝާއްޕެވަނީ އޭޓީ ސްޕޯޓްސް އަށް ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މުބާރާތުގެ ތަށި އޭޓީ އިން އުފުލާލިއިރު ޝާއްޕެ ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ކުޅެފައެވެ. މި ގޮތުން […]

މިނިވަންކަޕް 2017 ގެ ޗެމްޕިއަންކަން އޭޓީ އިން ހޯދައިފި

މިނިވަންކަޕް 2017 ގެ ޗެމްޕިއަންކަން އޭޓީ ސްޕޯޓް  އިން ހޯދައިފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗު ގައި އެފްސީ މަންތަރައައި ބައްދަލުކޮށް އޭޓީ އިން މި މެޗު ކާމިޔަބުކުރީ ވަގުތު ހަމަވެ ޕެނެލްޓީ ޖަހައިގެންނެވެ.ދެ ޓިމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ  މި މެޗު އޭޓީއިން ކަމިޔާބުކުރީ 6 ލަނޑު 5 ލަނޑުންނެވެ. މި މެޗުގެ ތިރީސް ތިންވަނަ މިނިޓްގައި ޝާއްޕެ ނަގައިދިން ހުރަހަކުން އޭޓީގެ ފުރަތަމަ […]

މަކީޓާ އެޓޯލްސް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތް ފަށައިފި

މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތް އައްޑޫސިޓީ ހިތަދޫގައި މިއަދު ހެނދުނު ފަށައިފިއެވެ. މި މުބާރާތުގެ ހެނދުނުގެ ދަންފަޅި ކުރިއަށް ދިޔައީ ހެނދުނު 7:30 އިން 10:30 އަށެވެ. ހަވީރުގެ ދަންފަޅި ކުރިއަށްދިޔައީ ހަވީރު 4:00 އިން 5:30 އަށެވެ. މިމުބާރާތުގައި އެސޯސިއޭޝަންގެ މެންބަރ 6 ކުލަބަކާއި، 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިން ބާއްވަން ހަމަޖެއްސީ މިދިޔަ މާރިޗުމަހުގެ 20 އިން 23 އަށެވެ. އެހެންނަމަވެސް […]

މަންތަރައިން ނިކުންނަނީ ތަށި އުފުލާލުމަށް ތައްޔާރުވެގެން

މިނިވަންކަޕް ގެ ފައިނަލަށް ނިކުންނާނީ ގުރޫޕު ސްޓޭޖުން ބަލިވި މެޗު ހަދާން ނައްތާލުމަށްފަހު މޮޅު ވާންކަމުގައި މަންތަރަ އިގެ ކޯޗު އަލީ ޝިޔާޒު ބުނެފިއެވެ. މިރޭ 9 ޖަހާއިރު ހުޅުދޫ ފުޓްސެލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ކަޕް 2017 ގެ ފައިނަލްގައި އޭޓީ އާއި މަންތަރަ ބައްދަލުކުރާ މެޗަށް މަންތަރައިން ވަނީ ފުރިހަމައަށް ތައްޔާރުވެފައިކަމުގައި އެ ޓީމުން ވަނީ ބުނެފައެވެ. “ޓީމުގެ ހުރިހާ ކުޅުންތެރިވެސް ތިބީ ވަރަށް ޖޯޝާ […]

ފައިނަލްގެ ޖާގަ މަންތަރައިން ހޯދައިފި

މިނިވަންކަޕް 2017 ގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަންތަރަ އާއި މަރަދޫ އެފްސީއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބުކުރީ މަންތަރަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ލަނޑުތައް ޖަހާފައިވަނީ ވަރަށް ކައިރިކައިރީގައެވެ. މި ގޮތުން މެޗުގެ ދެވަނަ މިނިޓްގައި މަންތަރަ ޓީމުގެ ސަމީނު މެޗުގެ […]