އިންޑިއާ ކަނޑުގެ “މުތްތައް” އެދެނީ ހިމާޔަތުގެ އަތްތަކަށް

ހިންދު ކަނޑުގައި ހާރެއްހެން ދެމިފައިވާ މުތީތަކެއްފަދަ ދިވެހި ޖަޒީރާތަކުގެ ނާޒުކު ކަމާއެވެ. ތިމާވެށީގެ ގޮތުން އެ ޖަޒީރާތަކަށް ގުދުރަތުން ހަދިޔާ ކޮށްދެއްވި ރީތިކަމުގެ ފުރިހަކަމާއެވެ. ދުނިޔޭގައި ރާއްޖެ ނޫނަސް ދޮންވެލި ގޮނޑުދޮށްތައް ހިމެނޭ ގައުމުތައް މަދެއްނޫނެވެ. އެހެންނަމަވެސް އެގައުމުތަކާ ދިވެހިރާއްޖެއާ ތަފާތުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ތަފާތަކީ ތިމާވެއްޓެވެ. އެހެން ގައުމަކަށް ގުދުރަތުން ދެއްވައިފައި ނުވާވަރުގެ ރީތި ތިމާވެއްޓެއް ދިވެހިރާއްޖެއަށް ދެއްވާފައިވެއެވެ. ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގެ ދިރުން ތަފާތެވެ. އޭގެ […]

ގައިދީންގެ ބާރުހިންގާ ޖަލެއް

ބޮލީވިއާގެ ވެރިކަމާގުޅޭ ކަންކަން ހިންގާރަށް ކަމުގައިވާ ލަޕާޒްގައި ހުންނަ ސެން ޕެޑްރޯ ޖަލަކީ އާދައިގެ ޖަލެއް ނޫނެވެ. އެއީ އެހެން ޖަލުތަކާ ތަފާތު ތަނެކެވެ. އެތަން އެހެން ޖަލުތަކާ ތަފާތުވާ ސަބަބަކީ އެތަނުގައި ޖަލު ބަލަހައްޓާނެ ބަޔަކުނެތުމެވެ. އެތަން ބަލަހައްޓަނީ ގައިދީންނެވެ. ޖަލަކަށްވުރެ ބޮޑަށް އެތަން ވައްތަރީ މީހުން ދިރިއުޅޭ އަވަށެއްގެ ގޮތުގައެވެ. ޖަލުގެ ހުރިހާ ގާނޫނަކާއި ގަވާއިދެއްވެސް ހަދަނީ ޖަލުގެ ގައިދީންނެވެ. ޖަލަށް ބޭނުންވާ ހުރިހާ ސާމާނެއް ބޮލީވިއާ […]

ކުދިންނެވެ! ކުޅިވަރެއްގައި އޮންނާނީ މޮޅުވުމާއި ބަލިވުމެވެ.

ލިޔުނީ:މުހައްމަދު ހިޒްޔަމް ކޮންމެ ކަހަލަ މުބާރާތެއް ނިމުމުންވެސް  ފެންނަމުންދާ މަންޒަރަކީ ބައެއް ކުދިން ދެރަވެ، ބައެއް ކުދިން އުފާވާ މަންޒަރެވެ.މިއީ ސްކޫލުތަކުގައި ބާއްވާ ކުޅިވަރު މުބާރާތުން ފެށިގެން އަދަބީ މުބާރާތްތަކުގައިވެސް އެންމެ ގިނައިން ފެންނަމުންދާ އެއް މަންޒަރުކަން ޔަގީނެވެ. އުފާ ކުރާ ކުދިން އުފާ ކުރަނީ އެކުދިންނަށް އެ މުބާރާތަކުން ލިބުނު ކާމިޔާބގެ ސަބަބުންނެވެ. ދެރަވާ ކުދިން ދެރަވަނީ ބުރަ މަސައްކަތްކުރުމަށްފަހުވެސް އެ ލިބިގެންދާ ނާކާމިޔާބީގެ ސަބަބުންނެވެ. ކުޅިވަރު މުބާރާތްތަކަށް […]

އިބްރާހިމްފުޅު ދާރުލް އާސާރު- ރާއްޖޭގެ ތާރީޚުގެ މައި ތަޅުދަނޑި

ލިޔުނީ: ފޭދޫ ސްކޫލް ދަރިވަރުން/ ކޮންމެ ބައެއްގެވެސް ތާރީހަކީ އެބައެއްގެ ފަސްމަގު، ތާރީހަކީ ކުރިމަގު ބަލާލޯގަނޑެވެ.  މީހާގެ އަމިއްލަވަންތަކަން ދައްކައިދޭ މައިގަނޑު އެއް ބަހާއެވެ.  ތާރީޚެއް ނުވާނަމަ މީހާއަށް އޭނަގެ އަސްލު އަދި ނަސްލު  ދެނގަތުމަށް އުދަނގޫވާނެއެވެ. އެހެންކަމުން ތާރީހު ރައްކާތެރިކޮށް އަންނަން އޮތް ޖީލަށް ވާސިލުކޮށް ދިނުމަކީ ކޮންމެ ފަރުދަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާ އެކެވެ. އަޅުގަނޑުމެންގެ އަސްލު ދެނެގަތުމަށްޓަކައެވެ. އަމިއްލަވަންތަކަމާއި […]

ބެލެނިވެރިން ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް ދަރިފުޅަށް މަޖުބޫރު ނުކުރޭ

މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ ކޮންމެ މަންމަ އަކުވެސް، އަދި ބައްޕައަކުވެސް ދެކޭނެ ހުވަފެނަކީ ތިމާގެ ދަރިފުޅު ރަގަޅު، ހަރުދަނާ މީހަކަށްވުމެވެ. މިކަމަށް ހަޤީގަތަކަށް ހެދުމުގެ ގޮތުން ގިނަ ނިންމުންތަކެއް ނިންމައި ގިނަ ތައްޔާރީތަކެއްވެވެއެވެ. ދަރިފުޅުގެ ސިއްޙަތަށް އެންމެ ފައިދާހުރި ކާނާއިން ފެށިގެން ދަރިފުޅު ތަޢުލީމު އުނގެނެންދާނެ މަދުރަސާ ކަނޑައެޅުންފަދަ މުހިންމު ނިންމުންތައް ނިންމުމުގައި ކޮންމެ ބެލެނިވެރިއަކުވެސް  ގިނަ ވަގުތުތަކެއް ހޭދަކުރާނެއެވެ. ހަމަ ޔަޤީނުންވެސް ދަރިންނަށް އެންމެ ހެޔޮއެދޭފަރާތަކީ މައިންބަފައިންނެވެ. […]

ބ.ދަރަވަންދޫއަށް އުފަން ކުޅަދާނަ ފަންނުވެރިއެއް

ބ.ދަރަވަންދޫއަކީ    ވަރަށް ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ ކޮންމެ ދިމާލަކަށް  ބަލާލި ކަމުގައިވިޔަސް ފެންނަނީ ހުނަރުން ފުރިގެންވާ އުފެއްދުންތެރި މަސައްކަތްތަކެވެ.   ބ. އަތޮޅުގައި ގިނަ ރިސޯރޓް ތައް ހުރުމުގެ ސަބަބުން މިފަދަ ގިނަ މަސައްކަތްތައް އަމާޒު ކުރެވިފައިވަނީ ފަތުރުވެރިންނަށެވެ.    ބީޓެކް އާރޓް އެންޑް ޑިޒައިން އަދި އެފް އެސް މީޑިޔާ ދަރިވަރުން ބ. އަތޮޅަށް ކުރި ދަތުރުގައި އެންމެ  ފުރަތަމަ އަމާޒަކަށްވީ  ދަރިވަރުން އެސައިންމެންޓް ހެދުމަށް ބޭނުންވާ މައުލޫމާތު […]

އީކުއޭޓަރވިލެޖުން އެންމެނަށް ހިނިތުންވުން

މަލަރީތި އައްޑޫގެ ނަލަފެހި ކަމުގެތެރެއިން އީކުއޭޓަރ ވިލެޖު މިހާރު ފެންނަނީ ތަފާތު ގޮތަކަށެވެ. އައްޑޫގެ ހިތްގައިމު ޖައްވަށް އޮޅުވެފައިވާ ދޮންދީނިތައް އިއްވާ ހިތްގައިމު ރާގުތަކުން މުއްސަނދިވެފައިވާ އައްޑޫސިޓީއަށް ޒިޔާރަތްކުރާ ދޭސީންނާއި ބިދޭސީންގެ އެންމެ ރަހުމަތްތެރި “ގެއަކީ” އީކުއޭޓަރވިލެޖެވެ. އެތަނަށްގޮސް ފުރަތަމަ ބައްދަލުކުރަންޖެހޭ ރިސެޕްޝަނިސްޓުންގެ ހިނިތުންވުމުން ގެސްޓުމީހާގެ ހާސްކަން ފިލުވައިދެއެވެ. ކޮޓަރި ދައްކަންދާ މީހާގެ ހިތްހެޔޮ ބަސްތަކުން ބީރައްޓެހިކަން ފިލައިދެއެވެ. މޮޅެތި ޝެފުން ހެޔޮވަރުކޮށްލާ މީރު ރަހަތަކުން ތަނާމެދު ޝައުގުވެރިކަން އިތުރުކޮށްލައެވެ. […]