އަތުން ކެއުމުން ބަރުދަން ލުއިކޮށްދޭ

ދުނިޔޭގެ ވަރަށް ގިނަ މީހުން އަތުން ކައި އުޅެއެވެ. އެހެންނަމަވެސް ޔޫރަޕްގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ ވަރުން އަތުން ކެއުމަކީ ހަޑިކަމަކަށް ވަނީ ވެފައެވެ. އެގޮތުން ސަމްސަލާއި އޫ ބޭނުންކޮށްގެން ކެއުމަކީ ފެޝަނެކޭ ބުނާއިރު، އަތުން ކެއުމުން ލިބޭ ފައިދާ އެނގެނީ ކިހާވަރަކަށްހެއްޔެވެ؟ އަތުން ކެއުމުން ގިނަ ބަލިތަކުން ސަލާމަތް ކޮށްދެއެވެ. ފަހުގެ ދިރާސާ ތަކުން ދައްކާގޮތުން ހަކުރު ބަލީގެ އެއްބާވަތެއްގެ މީހުންނަކީ އެހެންމީހުންނާއި އަޅާބަލާއިރު ވަރަށް އަވަސް […]

ބާސްކެޓްބޯޅަ ކުޅުމުން ބަރުދަން ލުއިކޮށްދޭ

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކުޅޭނެ ކުޅިވަރެއް ނުވަތަ ކަސްރަތެއްް ހޯދުމުގެ ބޭނުމެއްނެތެވެ. ބޭކާރުގޮތުގައި ވަގުތު ހޭދަކުރުމަށްވުރެ ރަނގަޅު ގޮތުގައި އެވަގުތުކޮޅުވެސް ހޭދަކޮށްލުން މާރަނގަޅެވެ. ‘ފިޓް’ މީހެއްގެ ގޮތުގައި އުމުރު ހޭދަކުރަން ބޭނުންނަމަ މިއޮތީ އޭގެ ހައްލެވެ. އާއެކެވެ. ބާސްކެޓްބޯޅަ ކުޅުމަކީ އެކަމުގެ ހައްލެވެ. ބާސްކެޓްބޯޅަ ކުޅުމަކީ މަޖަލުގެ ތެރެއިން އެމީހަކަށް ނޭނގި އެމީހަކު ދުޅަހެޔޮ ކަންމަތީ ބަހައްޓައިދީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެހެން ކުޅިވަރުތަކާއި ހިލާފަށް ބާސްކެޓްބޯޅައަކީ އެކަނިވެސް […]

ކޮންމެ މީހަކު ކާރެއް ގަންނާކަށް ނުޖެހޭ

ކާރުބާރު ބޮޑު ސިޓީއެއްގައި ނުވަތަ އެފަދަ ސިޓީއެއްގެ ކައިރީގައި ދިރިއުޅޭނަމަ ކާރެއް ގަތުމަކީ މޮޔަކަމެކެވެ. އަމިއްލަ ކާރެއް ގެންގުޅުމަކީ ގިނަ ޚަރަދު ހިނގާނެކަމެކެވެ. އެހެންނަމަވެސް އެހަރަދުތައް ކުރެވޭވަރަށް ފައިސާހުރެ، އަމިއްލަ ކާރެއް އޮތުމަށް އެދޭނަމަ އެކަން ކުރުން އެއީ ނެތްކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ކާރެއް ގަތުމުގެ ކުރިން އެމީހެއްގެ ދިރިއުޅުމުގެ ފެންވަރާއިމެދު ވިސްނާލައެވެ. އެގޮތުން ލިބޭ އާމްދަނީން ކާރަށް ފައިސާ ދައްކާފައި ދެކޮޅު ޖެހޭތޯވެސް ބަލާނެއެވެ. އެކަށީގެންވާ ރަނގަޅު […]

އިންޑިޔާގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރަކު އެއިމްސް ކްލިނިކަށް

ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ ރޯނީ ޖޯޖް ، އައްޑޫސިޓީގެ ފޭދޫގައި ހިންގާ އެއިމްސް ކުލިނިކުގައި ޖުލައި 15 ވަނަ ދުވަހުން ފެށިގެން ފަރުވާ ދެއްވަވަން ފައްޓަވާނެ ކަމަށް އެއިމްސް ކުލިނިކުން ބުނެފިއެވެ. އައްޑޫގައި ރަނގަޅު ފެންވަރެއްގައި ޚިދުމަތް ދެމުން އަންނަ އެއިމްސް ކުލިނިކާ އަލަށް ގުޅިލައްވަވާ މި ޑޮކްޓަރަކީ ކުޑަކުދިންގެ ބަލިތަކަށް އިންޑިޔާގައިވެސް މަޝްހޫރު އަދި އިންޑިޔާގެ ގިނަ ހޮސްޕިޓަލް ތަކެއްގައި މަސައްކަތް ކުރައްވަވާފައިވާ  ތަޖުރިބާކާރު ޑޮކްޓަރެކެވެ. […]

ކުޅުދުށްފުށީ ހޮސްޕިޓަލް ހިންގުން ނިމްސަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. އެކުންފުންޏަކީ އިންޑިއާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލްވެސް ހިންގާ ކުންފުންޏެވެ. އެތަނާ ހަވާލުކުރުމުން 150 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް ބަދަލުކުރާނެއެވެ. އަދި ސްޕަރ ސްޕެޝަލިޓީ ފެންވަރުގެ ޚިދުމަތްތައް އެތަނުން ދޭން ފަށާނެއެވެ. ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. […]

އައިސީޕީ ޕްރޮގްރާމު މާދަމާ އައިއެމްޑީސީގައި

އިންސްޓިޓިއުޓް ފޯރ ކައުންސެލިން އެންޑް ސައިކޯތެރަޕީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްޑޫގައި ޖުލައި 8 ވަނަ ދުވަހު އައިސީޕީ ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ ހިތަދޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލްގަ އެވެ. އައްޑޫގައި ކުރިއަށް ގެންދާ އައިސިޕީ ޕްރޮގްރާމްގެ ދަށުން ކޮންސަލްޓޭޝަނާއި ކައުންސެލިން ސެޝަންތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސައިކޮލޮޖީ އެސެސްމަންޓްގެ ތެރެއިން އޯޓިޒަމްގެ އަލާމާތެއް ހުރިތޯ ސްކްރީންކޮށް ދިނުން، ޑެޕްރެޝަން […]

ބެލެނިވެރިން ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް ދަރިފުޅަށް މަޖުބޫރު ނުކުރޭ

މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ ކޮންމެ މަންމަ އަކުވެސް، އަދި ބައްޕައަކުވެސް ދެކޭނެ ހުވަފެނަކީ ތިމާގެ ދަރިފުޅު ރަގަޅު، ހަރުދަނާ މީހަކަށްވުމެވެ. މިކަމަށް ހަޤީގަތަކަށް ހެދުމުގެ ގޮތުން ގިނަ ނިންމުންތަކެއް ނިންމައި ގިނަ ތައްޔާރީތަކެއްވެވެއެވެ. ދަރިފުޅުގެ ސިއްޙަތަށް އެންމެ ފައިދާހުރި ކާނާއިން ފެށިގެން ދަރިފުޅު ތަޢުލީމު އުނގެނެންދާނެ މަދުރަސާ ކަނޑައެޅުންފަދަ މުހިންމު ނިންމުންތައް ނިންމުމުގައި ކޮންމެ ބެލެނިވެރިއަކުވެސް  ގިނަ ވަގުތުތަކެއް ހޭދަކުރާނެއެވެ. ހަމަ ޔަޤީނުންވެސް ދަރިންނަށް އެންމެ ހެޔޮއެދޭފަރާތަކީ މައިންބަފައިންނެވެ. […]