ސަދަގާތު ފައުންޑޭޝަންގެ އެހީގައި 50 މީހަކު ހައްޖަށް ފޮނުވަނީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން  ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަންގެ ފަރާތުން މިއަހަރުވެސް 50 މީހުންނަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފި އެވެ. ސޮދަގާތު ފައުންޑޭޝަންގެ އެހީގައި ހައްޖަށް ދާ ފަރާތްތަކާ މެޑަމް ފާތުން ވަނީ އިއްޔެ މުލިޔާގޭގައި ބައްދަލުކުރައްވާފައެވެ.  މުލިއާގޭގައި ބޭއްވި އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރާއި ހައްޖު ކޯޕަރޭޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަދަގާތު ފައުންޑޭޝަނުން ހައްޖަށް މީހުން ފޮނުވަނީ […]

ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ އިމާމުން ހޯދަނީ

1438 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ އިމާމުން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ. މި މަޤާމަށް ދެމީހުން ހޯދުމަށް ގެޒެޓުކޮށްފައިވާއިރު ޝަރުތުތަކުގެ ތެރޭގައި ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ އިލްމުގެ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށް، ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން  ކައްކާ ކާންދިނުމުގެ މަސައްކަތް ކުރާނެ 2 މީހުންނާއި، އަދި ހައްޖުވެރިންނަށް ހަމަޖައްސާފައިވާ އިންތިޒާމުތައް […]

ތައިސީރު ޙައްޖު އެންޑް އުމުރާއިން ދެއްވި އުމުރާ ދަތުރު ނައުޝީނަށް

އޭއޯ މަދަހަ މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް ތައިސީރު ޙައްޖު އެންޑް ޢުމުރާ އިން ދެއްވެވި އުމްރާ ދަތުރު ސ.މީދޫ ހިންނަވަރު އާއިޝަތު ނައުޝީނަށް ދީފިއެވެ. ތައިސީރު ޖަމިއްޔާގެ ފަރާތުން ނައުޝީނާ މި އިނާމު ޙަވާލު ކުރެއްވެވީ ޝައިޚް މުޙައްމަދު ޝައްމޫނެވެ. މި އުމްރާ ދަތުރަކީ އަންނަ އަހަރުގެ މާޗް މަހުގެ އުމުރާއަށް ދެވޭ ދަތުރެކެވެ. އައްޑޫސިޓީގައި ހިންގާ ދީނީ ގިނަ ހަރަކާތްތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެއްވަމުން އަންނަ […]

رمضان މަހުގެ ފަހުދިހައިގެ މާތްކަން

مأمون عبدالقيوم /بركات ތެރި رمضان މަސް ފާއިތުވަމުން ގޮސް މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، އެމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ سبحانه وتعالى ކީރިތި قرآن ބާވައިލައްވަން ފެށްޓެވީ، رمضان މަހުގެ ފަހުދިހައިގެ ރޭތަކުގެތެރެއިން ރެއެއްގައިކަމަށް ގިނަ علم ވެރިން ވިދާޅުވެފައިވެއެވެ. ކީރިތި قرآن ބާވައިލައްވަން ފެށްޓެވި ރެޔަކީ، ليلة القدر ވިލޭރޭކަމަށާއި އެރެޔަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއް ކަމަށް […]

ރޯދަހިފުން- ﷲގެ ނިޢުމަތުގެ އަގު ވަޒަން ކުރުން

އިބްރާހީމު ރަޝީދު މޫސާ / ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ﷲގެ ނިޢުމަތް އިޙްސާސް ކޮށްދިނުމާއި އެ ނިޢުމަތުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުން ހިމެނެއެވެ. އިންސާނާއަކީ ވަކި ނިޢުމަތެއްގެ މަތީގައި ހުރުން އާދަވުމުން އެނިޢުމަތެއްގެ އަގު ވަޒަންކުރުމާ ދުރުހެލިވާ މީހެކެވެ. ނުވަތަ އޭގެ އަގު އިޙްސާސް ނުކުރެވޭ މަޚްލޫޤެކެވެ. އިންސާނާއަށް ދުޅަހެޔޮކަމުގެ އަގު ވަޒަން ކުރެވޭނީ ބަލިވުމުންނެވެ. މިހެންވެ ، ކީރިތިރަސޫލާ އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމާއި ، ޢާފިޔަތު […]

ނޯވޭގައި ރަމަޟާން މަސް

  އިބްރާހީމު ރަޝީދު މޫސާ/  ނޯވޭއަކީ ސްކެންޑްނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިޤައުމުގެ ދެކުނުފަރާތުގައި އޮންނަނީ ޑެންމާރކެވެ. އުތުރު ފަރާތުގައ ރަޝިޔާއެވެ. އިރުމަތީ ފަރާތުގައި ފިންލެންޑާއި ސްވިޑުނެވެ. އަށެއްކަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ޤައުމަކީ ދުނިޔޭގެ ސިޔާސީ މައިދާނާއި އިޤްތިޞާދީ މައިދާނުގައި ވަރަށް މުހިއްމު މަޤާމެއް ޙާޞިލުކޮށްފައިވާ ޤައުމެކެވެ. ނޯވޭއަކީ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުކެވެ. މި ކަމުގެ ސަބަބުން އެ […]

ސެނެގޯލުގައި ރަމަޟާން މަސް

އިބްރާހީމް ރަޝީދު މޫސާ ސެނެގޯލަކީ ހުޅަނގު އެފްރިކާގެ މުސްލިމު ޤައުމެކެވެ. އެ ރަށުގެ އާބާދީގެ 96 % އަކީ މުސްލިމުންނެވެ. 14 މިލިއަން މީހުން އުޅޭ މި ޤައުމުގައި ޝަޢުބާން މަހުގެ 29 ވަނަދުވަހުގެ އިރު އޮއްސުމުން މީސްތަކުން މަގުމައްޗަށާއި އައްސޭރި ސަރަޙައްދުތަކަށް ހަނދު ބެލުމަށްޓަކައި ނުކުންނާނެއެވެ. ރަމަޟާން މަހުގެ ހަނދު  ސާބިތުކުރުމަށްޓަކައި އެ ޤައުމުގެ މީހުން ގެންގުޅޭ މި އާދަކާދައަކީ ކާބަފައިންގެ އަން ޒަމާނުއްސުރެ އެމީހުން ތަބާވަމުންދާ ރިވެތި […]