ބައިނަލް އަޤްވާމީ މާދަރީބަހުގެ ދުވަސް އަތުވެއްޖެ

ދެހާސް ސަތާރަ، ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުން ދަނީ ބަސްބަހާބެހި ރައްކާތެރިކޮށް ބަލަހައްޓައި ބަސް އޭގެ ތަރޯތާޒާކަންމަތީ ދެމެހެއްޓުމުގެ މަތިވެރި ނިޔަތުގައެވެ. ބަހަށް ލިބިދާނެ ގެއްލުންތަކުން ބަސް ސަލާމަތްކޮށް ޙިމާޔަތް ކުރުމުގެ ހެޔޮ ނިޔަތުގައެވެ. އަޅުގަނޑުމެން މޮށެއުޅޭ ދިވެހިބަހަކީ ވެސް ދުނިޔޭގެ ބަސްބަހާބެހީގެ ތެރޭގައިހިމެނޭ ބަހެކެވެ. މިބަހަކީ ކިތަންމެ ކުޑަބަހެއްކަމުގައި […]

“ފައްސަތޭކަ” ރުފިޔާގެ ރީތި ނޫޓަށް ބޮޑު ހުތުރެއް

ރަން ދިހަ ފަހެއްގެ ނަމުގައި ދިވެހި ރުފިޔާގެ އާ ސީރީޒެއް ތައާރަފް ކޮށްފިއެވެ. ހަމައެއާއެކު އެއިން ބޮޑުވެގެން އިމްލާ ކުށެއް ނުކުމެ ސޯޝަލް މީޑިއާގައި ފެތުރެން ފެށިއެވެ. ފަތުއަޑު ކިޔާފައި އެވާހަކަ ފެތުރެން ފެށުމުން އެމްއެމްއޭއިން އެކަން ދިފާއު ކުރިއެވެ. އެމްއެމްއޭގެ ގަވަރުނަރު އާޒިމާ އާދަމް ވަނީ “ފައްސަތޭކަ” ލިޔެވިފައިވަނީ ކުށަކުން ނޫންކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެހެން ކަމަށްވާނަމަ މާނައަކީ އެކަން ކޮށްފައިވަނީ އެނގިވަޑައިގެން ތިއްބަވައިގެން ގަސްތުގައެވެ. އާޒިމާ […]

އަފިރިންގެ “އައްޑޫ ބަސް” ދޫނިކެރަމާ

އަފިރިންގަ ބަހަކީ އަފިރިން ވާހަކަ ދައްކާ ބަސް. އޭ އައްޑޫ ބަސް. މި ލިޔުމާ މަ މިލިޔޭތޯ މިބަލަނީ އައްޑޫ ބަހުން. ކުށް ފަހަރަކި ހިށެފޭހައް. މާފު ކެރާހައްތިޔަވާ! މިޔާގަ އަސްލު ބޭނުމަކީ އައްޑޫ ބަސް ކުރި އަރުވާއް. އަފިރިން މިބަސް ކުރި ނިއަރުވާފެހޭ މިކަން ކެރާނަ އެހެން ބާކިޔަ ނިތިބޭށިޔަދީ! އެހެންމެއި ހިނގައު މިކަން ވޭތޯބަލާ. އިލްމީ މީހުން ބެނާށީ ބަހަކީ އެބާކިންގަ ވަތަނީ ތަނބަކަމަށް. އެދި އެބާކިންގަ […]

ދިވެހި ލިއުންތެރިކަން ތަރައްޤީވަމުން އައިގޮތް

އަޅުގަނޑުމެން ދިވެހިންނަކީ ކުޑަކުޑަތަނެއްގައި އުޅޭ މަދު މީސްކޮޅަކަށްވެފައި، ލިޔެކިއުމާ ފޮތްތެރިކަމުގެ ގޮތުން ތިޔާގިކަންކުޑަ ބައެއް ނަމަވެސް އެކިދުވަސްވަރު އެކި މިންވަރަށް ދިވެހި އަދަބީ މަސައްކަތް ކުރެއްވި އަދީބުން ދިވެހި ޤައުމުން ފެނި ގެއްްލި ގޮސްފައި ވާކަން ދިވެހިތާރީޚުން އެނގެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ލިއުންތެރިކަމާބެހޭ މަޢުލޫމާތު އެނގެން އޮތީ ވަރަށް މަދު މިންވަރަކަށެވެ. ދިވެހިރާއްޖެއިން ފެންނާންހުރި އެންމެ ޤަދީމީ ލިއުންތަކަކީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުން ކޮނެގެން ނެގިފައިވާ ހިރިގާފަދަ […]

އަންނައަހަރުގެ އާ ޤައުމީ މަންހަޖުގައި ދިވެހިބަހަށް ހާއްސަ ސަމާލުކަމެއް

ދެހާސް ފަނަރަވަނަ އަހަރު ތަޢާރަފު ކުރާ އާ ޤައުމީ މަންހަޖުގައި ދިވެހި ބަހާ ގުޅުންހުރި ކަންތައްތައް ކިޔަވައިދިނުމަށް އިތުރު ވަގުތު ދީ، ދިވެއްސަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ދިވެހި ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކިޔަވާ ކުދިންގެ މެދުގައި ދިވެހި ބަހަށް ޝައުޤުވެރިކަން […]

މަތީސާނަވީގައި ކިޔަވާދަރިވަރުންނަށް ޚާއްޞަ ދިވެހި ފޮތެއް ނެރެފި

“އެޗްއެސްސީ ދިވެހި”ގެ ނަމުގައި މަތީސާނަވީ އަށް ކިޔަވާ ދަރިވަރުންނާއި މުދައްރިސުންނަށް ހާއްސަ ދިވެހި ފޮތެއް ދިވެހި ބަހުގެ އެކަޑަމީން ނެރެފިއެވެ. ރޭ ކުއްލިއްޔާގެ ޖަލްސާކުރާ މާލަމްގައި އޮތް ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ހަބީބް ޒާހިރު ލިޔުއްވާފައިވާ އެ ފޮތުގައި މަޒުމޫނު އަދި ވާހަކައިގެ ބައިތަކާއި އެ ލިޔުމަށް ބޭނުންކުރާނެ ހަމަތަކާއި ޅެން ޝަރަހަކޮށް ރައިވަރު މާނަކޮށް ހަދާނެ ފަސޭހަގޮތްތަށް މިސާލާ އެކު […]

ހުރަވީ ދުވަހުގެ ބަޠަލް – ދޮންބަންޑާރައިން

މިނިވަންކަމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުންވާރުތަވެފައިވާ ވަރަށްވެސް އަގުހުރި ތަރިކައެކެވެ.މިފަދަ ޖައްވަކަށް ނޭވާލުމުގެ ފުރުސަތުދިވެހިންނަށް ހޯދައިދެއްވުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވެވަޑައިގެންފައިވާ ޤުރުބާނީތައް ވަރަށް ވެސް މަތިވެރިއެވެ.އެހާމެ އަގުބޮޑެވެ.އާދެ! އޭގެ ތެރެއިން އެއްބޭފުޅަކީ މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ހުރަވީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއެވެ.އާދެ! މަޝްހޫރު ދޮންބަންޑާރައިންނެވެ.ހަސަން މަނިކުފާނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ހުސެން ދަހަރާ ތަކުރުފާނުންގެ އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން […]