ބާސޫ އަކީ ޒިންމާދާރު ޑައިރެކްޓަރެއް ނޫން – ރިޝީ

މި މަހުގެ 14 ވަނަ ދުވަހު ރިލީސް ކުރި’ޖައްގާ ޖާސޫސް’ އަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން،ފިލްމުގެ ޑައިރެކްޓަރަށް ރިޝީ ކަޕޫރު ފާޑުކިޔާއިފިއެވެ. ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރަކީ ފިލްމުގެ ބަތަލުގެ އިތުރުން އެއް ޕްރޮޑިއުސަރަށްވާ އިރު ފިލްމަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ ޑައިރެކްޓަރު އަނޫރާގު ބާސޫކަމަށް ރިޝީވަނީ ބުނެފައެވެ. އަދި މި ފިލްމުގައި ދިމާވި ގިނަ މައްސަލަތަކުގެ ސަބަބުން އޭނައާއި ދަރިފުޅު ރަންބީރު ގެ ނަމަށް ހުތުރުވެފައިވާކަމަށް […]

ސަނީ ލިއޯން ކުއްޖަކު އެޑޮޕްޓުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން އާއި ފިރިމީހާ  ޑޭނިއަލް ވެބާ ކުއްޖަކު އެޑޮޕްޓްކޮށްފިއެވެ. މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އަވަށަށް އުފަން 21 މަހުގެ ‘ނިޝާ’ މިހާރު ސަނީ ލިއޯން ވަނީ މުމްބާއީގައި އެމީހުން ދިރިއުޅޭ ގެއަށް ގެންގޮސްފައެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސަނީ ލިއޯން ބުނެފައިވަނީ ނިޝާގެ ފޮޓޯ ފުރަތަމަ ފެނުމާއެކުވެސް އެ ކުއްޖާ ދެކެ ލޯބިވެވުނު ކަމަށެވެ. އަދި އެވަގުތު ކުރެވުނު އިހުސާސުތަކަކީ ބަޔާންކުރަން ދަތި […]

ކުރުވާހަކަ: އިތުބާރު

ކޮންމެ ރެއަކު ދެނަމާދު ދޭތެރޭ ރިޔާސާ ވާތަނެއް ނޭނގެއެވެ. އަހަރެން އެކަމަކާ ކަންބޮޑެއް ނުވެއެވެ. އެހެނީ ރިޔާސާއަށް އަހަރެން އެހާވަރަށް އިތުބާރު ކުރާތީއެވެ. ރިޔާސާއާ އަހަރެން އިނދެގެން އުޅޭތާ މިވީ ހަ އަހަރު ދުވަހު އަހަރެން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހެއެވެ. ބޮލަށް ފަސޭހައީ އެހެން ވީމައެވެ. އޭނާއަކީ އޮފީހުގައި އުޅޭ އަންހެނަކަށް ވިޔަކަސް ކުޑަވެސް ޝައްކެއް ނުކުރަމެވެ. ރޭގަނޑު ކިތަންމެ ލަހުން ގެއަށް އަޔަސް ލަސްވީ ކީއްވެހޭ އަހަރެން […]

‘ޖައްގާ ޖާސޫސް’ގެ ތަރި ބިޑީޝާ މަރުވެފައި އޮއްވާ ފެނިއްޖެ

ބޮލީވުޑްގެ ފިލްމީތަރި އަދި ލަވަ ކިޔުންތެރިޔާ ބިޑީޝާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ރަންބީރު ކަޕޫރުއާއި އެކު ޖައްގާ ޖާސޫސުގައި މުހިއްމު ރޯލެއް ކުޅެފައިވާ ބިޑީޝާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ކުއްޔަށް ހިފައިގެން އުޅެމުންދާ ފްލަޓުގެ 09 ވަނަ ފަންގިފިލާއިންނެވެ. މިދިޔަ ހޯމަ ދުވަހު ބިޑިޝާގެ ބައްޕަ، އޭނާގެ ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށާއި، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ފުލުހުން ގޮސް ބެލިއިރު ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައިކަމަށް އިންޑިއާ […]

އައިފާ އެވޯޑްސް 2017: އެންމެމޮޅު ބަތަލަކަށް ޝާހިދު، ބަތަލާއަކަށް އަލިޔާ

ބޮލީވުޑުގެ ތަރިންނާއި، ބެލުންތެރިން ކޮންމެ އަހަރަކުވެސް އެންމެ އިންތިޒާރުކުރާ ބޮލީވުޑްގެ އެންމެބޮޑު އަދި އެންމެ މަގުބޫލު ހަފްލާ ކަމަށްވާ އައިފާ އެވޯޑްސް ރޭ ވަނީ ނިމިގެންގޮސްފައެވެ. މިއަހަރުގެ މި ހަފްލާގައި ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންވަނީ ބައިވެރި ވެފައެވެ. މިއީ 18 ވަނަ އައިފާ އެވޯޑްސް ހަފްލާއެވެ. މި ހަފްލާ ބޭއްވީ އެމެރިކާގެ ނިއު ޔޯކް، މެޓްލައިފް ސްޓޭޑިއަމް ގައެވެ. މި އަހަރުގެ ކުލަގަދަ ހަފްލާ ހުށައަޅައދިނީ ބޮލީވުޑްގެ މަޝްހޫރު […]

ކަށިނެތް ފިނިފެންމާ- 2 ވަނަ ބައި

އަހަރެންނަށް ހަރަކާތެއް ކުރަންވެސް ނޭނގުނެވެ. ބުނާނެ އެއްޗެއް ވެސް ހިތަކަށް ނައައެވެ. އަހަރެންނަށް ވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. އެ ވަގުތު އެއްފަހަރާ އެތައް ކަމެއް ހިނގަމުން ދިޔައެވެ. ފަހަރަކު ކަމެއް ވަމުން ދިޔައެވެ. މިއީ އެކަތަފަދަ ޒުވާން އަތެއްގެ ދަށުގައި އަހަރެން ގައިދުވި ފުރަތަމަ ފަހަރުވެސް މެއެވެ. އަހަރެން ދެކޮޅު ހެދީމެވެ. ތެޅިފޮޅުނީމެވެ. ހަޅޭއްލަވަން އުޅުނީމެވެ. އެހެންނަމަވެސް ރަގީބުގެ އަތުގެ ތެރޭގައި އަހަރެން ވަނީ ބަނދެވިފައެވެ.  އޭނާގެ ވަރުގަދަ […]

ކަށިނެތް ފިނިފެންމާ

އަހަންނަކީ ކަށިނެތް ފިނިފެންމަލެކެވެ. މިހެން އަހަންނަށް ބުނެވޭނެ ކިތަންމެ ފަހަރެއް ވެސް މިހާރު ހަޔާތުން އަތުވެއްޖެއެވެ. މައްސަލައަކީ އަހަންނަށް ނޫނެކޭ ބުނަން ނޭނގޭ ކަމެވެ. ނުކެރޭކަމެވެ. އަމުދުން މައިންބަފައިންގެ ކުރިމަތީގައވެ. އަހަރެން އަރަބިއްޔާގައި ކިޔަވާ ނިމުމުން މައިންބަފައިން ބޭނުންވީ އަހަރެން މީހަކާ ދެވުމަށެވެ. ވަޒީފާއަކަށް  ފޮނުވާކަށް ގަބޫލެއް ނުވިއެވެ. އަންހެން ކުއްޖެއް ވީމައެވެ. ވަޒީފާތަކަށް ދިއުމުން އުޅުން ގޯސްވެދާނެތީއެވެ. ބޯހަރުވެ ބަސްނާހަފާނެތީއެވެ. “އަންހެނުންގެ މަގާމަކީ ގޭގެ ހަތަރުފާނުން އެތެރެ.” ބައްޕަ […]