އީކުއޭޓަރވިލެޖުގައި 27 އަހަރު، ބޭނުމީ އަދިވެސް ޚިދުމަތްކުރަން: ޝީޒާ

އައްޑޫސިޓީ ގަމުގައި ހިންގާ އީކުއޭޓަރވިލެޖުންދޭ ޚިދުމަތުގެ ވާހަކަ މިހާރު ވައިގައި ހިފައިފިއެވެ. މުވައްޒަފުންގެ ހިތްހެޔޮކަމުގެ ވާހަކަ މެހުމާނުން ދައްކަން ފަށައިފިއެވެ. މެހުމާންދާރީގެ ވާހަކަ އާންމުވެއްޖެއެވެ. މިހެންގޮސް އީކުއޭޓަރވިލެޖުގެ ވާހަކަ ދައްކަންޏާ ދެކެވޭނީ މުޅިންވެސް ރަނގަޅު ވާހަކައެވެ. އެތަނުގައި ކިތައްރޭ ހޭދަކުރިންހެއްޔެވެ؟ ރޭކުރިނަމަ އެތަނުގެ ތަންމަތިތަކުގެ އަރާމުކަން އިހުސާސް ކުރެވޭނެއެވެ. ތަންމަތި އަޅައިދީފައި ހުންނަ ރީތިކަމާއި ސާފުތާހިރު ކަމާއި ހިތްގައިމުކަން ހަނދާންވީމައި އަދިވެސް އެތަނަށް އަންނަހިތްވޭ ނޫންހެއްޔެވެ؟ އީކުއޭޓަރވިލެޖުގެ ކޮޓަރިތަކުގައި ތަންމަތި […]

ރޯދަ މަހު ކަނބަލުންގެ އެންމެ އެކުވެރިޔާ- ޖުވޭގެ ރެސިޕީ

ރަމަޟާން މަހު ގިނަ އަންހެންވެރިން އެންމެ ޝައުގުވެރިކަމާއެކު ކުރާ އެއްކަމަކަށް ވެފައި އޮންނަނީ ކެއްކުމެވެ. ތަފާތު މޮޅު ކެއުން ތައްޔާރުކޮށްލުމެވެ. ކޮންމެވެސް އާގޮތަކަށް އަނގަޔަށް މީރު އެއްޗެއް ތައްޔާރުކޮށްލުމެވެ. މެންދުރުން ލަނބާލާއިރު ކޮންމެވެސް ރަނގަޅު ރެސިޕީއެއް އަތުގައި ޖައްސާލުމެވެ.  ރެސިޕީ ހޯދުމުގައި ހޭދަކުރާ ވަގުތުތައް ކެއްކުމުގައި ހޭދަކުރާ ވަގުތަށް ވުރެ ގިނަވާފަހަރުވެސް އާދެއެވެ. ކަމުދާކަހަލަ ރެސިޕީއެއް އަތުގައި ނުޖެހިގެންނެވެ. މިކަމަށް އެންމެ އަވަސް ހައްލެއް ހޯދައިދެނީ ޖުވޭގެ ރެސިޕީތަކެވެ. ދިވެހި […]

ކިޑްނީއެއް ލިބިއްޖެނަމަ އަހަރެންގެ ފުރާނަ ސަލާމަތް ކުރެވިދާނެ- ރަޝީދު

ޒުވާން ދުވަސްވަރު ބުރަ މަސައްކަތްކޮށް ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރުމަށްފަހު މައިންބަފައިން ހަމަބުރަ މަސައްކަތް ކުރަމުން ދަނީ އުމުރުން ދުވަސްވެ ގައިބާރުދެރަވާ ދުވަހު ލިބޭނެ ހިތްހަމަޖެހުމާއި އުފަލަށް ބަރޯސާވެތިބެގެންނެވެ. ތިމާގެ  އާއިލާއަށްޓަކައި އުމުރުގެ ބޮޑުބައި ހޭދަކުރުމަށްފަހު މުސްކުޅިވާ ދުވަހު އަރާމާ އުފަލުގައި ހޭދަކޮށްލުމަކީ ކޮންމެ މީހެއްގެވެސް އުއްމީދުކަން ޔަގީނެވެ. މި އުއްމީދުތަކާއެކު ސ.ހުޅުދޫ ކުރިކީލަގޭ މުހައްމަދު ރަޝީދު(62)ވެސް މަސައްކަތްކުރަމުން ދިޔައީ އޭނާގެ އާއިލާއަށް ފާގަތި އުފާވެރި މުސްތަގްބަލެއް […]

ދުނިޔޭގެ ފެންވަރުގެ ދެވަނައެއްނެތް ޓްރެއިނާރ- އަފީފް

ދުނިޔޭގެ  ނުފޫޒު ގަދަ 100 ހިއުމަން ރިސޯސް (އެޗްއާރް) ޕްރޮފެޝަލުންގެ ތެރޭގައި ހިމެނި އެ ދާއިރާ އިން ދޭ އެވޯޑެއް ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ޓޫރިޒަމް ދާއިރާއިން ކުރިއަރަމުން އަންނަ މި ރާއްޖޭގައި މިފަދަ އެވޯޑެއް ލިބުނު ހަމައެކަނި މީހެއްގެ ގޮތުގައި ވެގެން ދިއުމަކީވެސް ފަސޭހަ ކަމެއްނޫނެވެ. އެއާއެކު ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކުގައި ޓްރެއިނާރ އެއްގެ ގޮތުގައި  މީހުން ބިނާކުރުމަށް މަސައްކަތް  ކުރުމުގެ ކުޅަދާނަކަން އެއީ ކޮންމެ މީހެއްގެ […]

ޖަމްޝީދާ: އަންހެނުންނާއި ސިޓީގެ ތަރައްގީއަށް ފައިނަންގަވައިފައި

އައްޑޫސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބި އަވަދިވެއްޖެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލަންޖެހެނީ ހިތަދޫ މެދުދާއިރާއިން ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަމްޝީދާ މުހައްމަދު (މާހު) އެވެ. މާހުއަކީ އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ. އެކަމަށްޓަކައި އޭނާއަށް މަރުހަބާ ދަންނަވަމެވެ. ސިޓީ ކައުންސިލަށް ޖަމްޝީދާ ވާދަކުރެއްވީވެސް ފޮނި އުންމީދުތަކާއި، ފިސާރި އަޒުމާއެކުގައެވެ. ތަރައްގީއާއި އިސްލާހީ ވިންދު ޖަހާ ހިތަކާގެންނެވެ. ހިތަދޫ މެދުދާއިރާގެ ރައްޔިތުން ޖަމްޝީދާއަށް […]

ދާއިރާގެ ތަރައްގީއަށް އަޅުގަނޑަށް ވޯޓު ދެއްވާ: ޖަމްޝީދާ

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ބޯމަތި ވެއްޖެއެވެ. ކެންޑިޑޭޓުންގެ ވައުދުތަކުގެ އަޑު ގަދަވެއްޖެއެވެ. އައްޑޫސިޓީ ހިތަދޫ މެދުދާއިރާއަށް ކުރިމަތި ލައްވައިފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ޖަމްޝީދާ މުހައްމަދު (މާހު) ގެ އަޑުވެސް މަޑެއް ނޫނެވެ. ޖަމްޝީދާ ވިދާޅުވީ އިންތިޚާބަށްފަހުވެސް ޚިދުމަތް ދިނުމުގައި ވަކި މީހަކަށް، ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ނުބައްލަވާނެ ކަމަށެވެ. އައްޑޫ ސިޓގެ ތަރައްގީއަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި އިސްވެ އިންނަވާނެ ކަމަށެވެ. ތަރައްގީގެ ކޮންމެ މަސައްކަތަކާގެން ކުރިއަށް […]

ޝޫ ގެ ސީޝެލްސް މަސައްކަތަށް ބޮޑު ތަރުހީބެއް

ވަޒީފާތައް ނުލިބިގެން ގޭގައި ދެއަށް އުރާލައިގެން ތިބޭމީހުން މަދެއްނޫނެވެ. އެކިމީހުން އާމްދަނީ ހޯދުމަށްޓަކައި އެކިއެކި މަސައްކަތް ކުރަމުންދެއެވެ. ރާއްޖޭގެ ރަށްތަކާ އަޅާ ބަލާއިރު އައްޑޫ އަކީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު އެއް އަތޮޅަށް ވާއިރު އައްޑޫގައި ތިބޭ ހުނަރުވެރި ދަރީންގެ ވާހަކަ ނުދައްކާ ތިބުމަށް އެއްވެސް ބަޔަކުނޭދޭނެއެވެ. މިއީ އެފަދަ ހިތްވަރުގަދަ ކެރޭ ހީވާގި ކުޅަދާނަ ކަނބަލެއްގެ ވާހަކައެވެ. އުމުރުން21  އަހަރުގެ އައިޝަތު ޝޫރާ (ޝޫ) އަކީ ހުނަރުވެރި […]