English Edition
Dhivehi Edition

އަހަރުމެން އިންސާނުން މިދިރިއުޅޭ ބިމުގެ ފަށަލައިން މިބިމުގެ ދުވަސްވީ ތާރީޚުގެ މަޢުލޫމާތު ހޯދަން އެހާ ފަސޭއެއް ނޫނެވެ. އިންސާނުން ދުނިޔެ ބިނާކުމުގައި ކޮށްފައިވާ މަސައްކަތާއި އަދި އެކި ބިންބިން ނެތިގޮސްފައިވާ ސަބަބު މިކަމުގައި ވަރަށް ބޮޑުބައެއް ކުޅެދެ އެވެ. ވާރެ އާއި ވަޔާއި، ގަނޑުފެން އަދި ސްނޯގެ ސަބަބުން ދުނިޔޭގެ ބޭރު ފަށަލަ އެކި ގޮތްގޮތަށް މީގެ އެތައް ބިލިއަން އަހަރު ތަކެއް ކުރިން ވަނީ ބަދަލު އައިސްފައެވެ.

އެސްޓޮރޮއިޑާއި އަދި ކޮމެޓްތައް އައިސް ދުނިޔެއާއި ޖެހިގަތުމުގެ ސަބަބުން ދުނިޔޭގެ ފަށަލާއިގައި އުފެދިފައިވާ އެތަކެއްހާސް ވަޅުގަނޑުތައް މިހާރު ވަނީ ނެތި ގޮސްފަ އެވެ. މީގެ ތެރެއިން މިހާރު ސަތޭކަވަރަކަށް ވަޅުގަނޑު ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އެބަހުއްޓެވެ.

ނަމަވެސް މި ބިމިގެ ހަގީގަތް ހަނދުން ހޯދިދާނެކަމަށް ސައިސްވެރިން ގަބޫލު ކުރައެވެ. ހަނދުގައި މިޒާތުގެ އެތައްހާސް އެކިސައިޒުގެ ވަޅުގަނޑު އެބަހުއްޓެވެ. މީގެއިން ގިނަ ވަޅުގަނޑުތައް އުފެދިގަފައިވަނީ ހަނދު އުފެއްދެވުމުގެ ކުޑަދުވަސްކޮޅެއްގެ ފަހުންނެވެ. ހަނދަކީ މިދުޔޭގައި ވައިއެނބުރޭގޮތަށް ވައިއެނބުރޭ ތަނެއް ނޫނެވެ.

އެތަނުގައި ކޯރުތަކެއް ނެތެވެ. ނުވަތަ އެފަދަ ތަންތަން ނެތޭފަދަ އިމްރާނީ ކަމެއްވެސް ހަނދުގައި ނެތެވެ. އެހެންކަމަށްވާނަމަ އެތަންތަން އެގޮތުގައި ހުންނާނެކަމަށް އެމީހުން ގަބޫލުކުރައެވެ.

އެހެންކަމަށްވާ ނަމަ ހަނދުގެ ފަށަލައަކީ އިންސާނުން މިއުޅޭ ސޯލާ ސިސްޓަމުގެ ތާރީޚް ހޯދައިގަނެވިދާނެ ދޮރެކެވެ. މިބިމުގެ ގުދުރަތީ ސެޓަލައިޓަކީ ހަނދެވެ. އެތަނުގެ އެކުލެވިފައިވާ ގާތަކާއި އަދި ވެލި އުފެދިފައިވާ މާއްދާ ތަޙްލީލު ކުރުމުން މިބިމުގެ ޅަފަތުގެ ދުވަސްވަރުގެ ހަގީގަތް ހޯދިދާނެއެވެ. އަދި މިބަމަށް ދިރޭތަކެތި ފުރަތަމަ އައިސްފައިވާގޮތުގެ ފެށުންވެސް ހޯދިދާނެ އެވެ.

Screenshot 2015-07-09 15.05.18މީގެ 4.54 ބިލިއަން އަހަރު ކުރިން މިބިން އުފެދިފައިވާކަމަށް ސައިސްވެރިންގެ ހޯދުންތަކުން ދައްކައެވެ. ޕްލެނެޓެސިމަލް ކިޔާ ބައިވަރު އެސްޓޮރޮއިޑް ތަކެއް ފައްތަރު ވަނުން އައިސް މި ބިމުގެ މިނަށް ޖަމާވެ އޭގެ ފަހުން އިރުގެ ވަށައިގެން އެނބުރެން ފެށީއެވެ. ސައިސްވެރިން ލަފާކުރާ ގޮތުގައި ހަނދު އުފެދިފައިވަނީ އޭގެ 70 މިލިއަން އަހަރު ފަހުންނެވެ.

މިކަން މެދުވެރި ވެފައިވަނީ މާސް ވަރުގެ ޕްލެނެޓެއް އައިސް މި ބިމުގެ ޅަފަތުގައި ޖެހިގެން ދިމާވި ކަންތައްތަކެއްގެ ތެރޭގައެވެ. ވަރަށް ވަރުގަދަ ކޮމްޕިއުޓާ މޮޑެލްއެއްގެ އެހީގައި ސައިންސްވެރިން މިކަން މެދުވެރިވެދާނެ ގޮތް ދައްކާލައިފައެވެ. ޑޯނަޓް ބައްޓަމުގެ އެތިގަނޑެއް އައިސް މިބިމުގެ ވަށައިލައިގަތިއެވެ.

މިއީ ހޫނުކަމުން ދިޔާވެފައި ހުރި ގާތަކާއި އަދި ހޫނު ވަޔެވެ. މިއަނދަމުން ދިޔަ ޑިސްކުގެ ހޫނުކަން ދިޔަގޮތުގެ ވައްޓަފާޅިން ސައިސްވެރިންނ ލަފާކުރާގޮތުގައި އެހޫނު މާއްދާ ފަހުން ބަދަލުވެގެން ދިޔައީ ހަނދަށެވެ. މިކަންތައް ހިގާފައިވާ ކަމަށް ސައިންސްވެރިން ލަފާކުރަނީ ގާތްގަނޑަކަށް 100 އަހަރުންނެވެ.

ހަނދު އުފެދުމުގެ ގާތްގަނޑަކަށް 500 މިލިއަން އަހަރު ފަހުން އެހެނިހެން ޕްލެނެޓްތަށް އޭގެ އޯބިޓްތަކަށް ތަރުތީބުވެ އިރުގެ ވަށައިގެން އެނބުރެން ފެށީކަމަށް ސައިސްވެރިން ލަފާކުރައެވެ. އެއީ ޖުޕިޓާ، ސެޓާން، ޔުރެނަސް އަދި ނެޕްޗޫންއެވެ. މިކަން ތަރު ތީބުވެގެން ދިޔައީ ބިމަށްދަމާ ބާރު މައިރެއިޑު ޕްލެނެޓެސިމަލް ތަކާއި ގުޅި ލާމެހިގެންނެވެ. މި ޕްލެނެޓްތަށް ތަރުތީބުވެގެން ދިޔަ ވަގުތުގައި އެތަކެއް އެސްޓޯރެއިޑުތައް ބިމުގައި ޖެހިގެންފައިވެއެވެ. އެ އެއްޗެހި އައިސް ބިމުގައި

ޖެހިގަނެގެން ދިޔަވަގުތު ދުނިޔޭގެ އޯބިޓަށް އެތަކެއް ބައިތަށް އައިސް ހަރުލިއެވެ. ސައިސްވެރިން ލަފާކުރާ ގޮތުގައި މިބައިތައް ބުރައިގެން ދިޔަވަގުތު ބައެއް ބައިތައް ހަނދުގައިވެސް ޖެހިފައި ހުރުމަކީ ވަރަށް ކައިރިކަމެކެވެ.

އަހަރުމެންގެ މި ބިމުން ނައްޓައިގެން ދިޔަ ބައިތައް ހަނދުގައި ޖެހުނުކަމަށްވާނަމަ އަދިވެސް ހަނދުގެ ބޭރުފަށަލައިގައި އެހުރުމަކީ ވަރަށް ކައިރި ކަމެކެވެ. ބައެއް ހޯދުން ތަކުން ހާމަ ވެފައިވާގޮތުގެ ހަނދުގެ އުތުރާއި ދެކުނު ކޮޅުގައި މިފަދަ ޖެހުންތައް ވަރަށް ގިނައިން ފެންނަން ހުރިކަމުގެ ނިޝާން އެބަހުއްޓެވެ. އަދި ހަނދުގެ ބައެއް ސަރަހައްދު ތަކުގައި މިޒާތުގެ ވަރަށް ގިނަ މާއްދާތައް ހުރިކަމަށް ވެއެވެ.

dwxސައިސްވެރިން ހާމަ ކުރާގޮތުގައި އެހިސާބުތަކުގައި ގާތްގަނޑަކަށް 140 ފުޓުބޯޅަ ބިމަށް ވުރެ ބޮޑުތަނުގައި ހުރެދާނެއެވެ. ފަހަރެއްގައި މިބައިތައް ގާތަކަކަށްވެސް އަދި ހިރަފުސް ކަމަށްވެސް ވެދާނެއެވެ. މިކަން ބިނާވެގެންދާނީ ބިމުގެ ފަށަލައިގައި އެބައިތައް އައިސް ޖެހިފައިވާ ބާރު މިނެއްގެ މައްޗަށެވެ.

އެގޮތަށް ބުރައިގެން ގޮސް ހަނދުގައި ހަރުލާފައިވާ ތަކެތި ކިތައްމެ ކުޑަ އަދި ބޮޑުވި ކަމުގައި ވިޔަސް މި ބިމުގެ ހަޔާތުގެ ފެށިގަތުމުގެ އަގު ނުކުރެވޭ މަޢުލޫމާތު ހުންނާނެ ކަމަށް ސައިސްވެރިން ލަފާކުރައެވެ.

ފަހަރެއްގައި އެފަދަ މީޓިއޯރައިޓްގައި މިބިމުގެ އެންމެ ދުވަސްވީ މޭންޓަލްގެ ކެމިކަލް ކޮމްޕޯޒިޝަންގެ ރެކޯޑުތައް ހުންނާނެއެވެ.

މޭންޓަލް އަކީ މި ބިމުގެ ބޭރު ފަށަލައާއި އަދި އެންމެ އެތެރޭގެ ބަޔާއި ދެމެދުގައިވާ ހޫނު ގާތަކެވެ. ދުނިޔެ (ބިން) އުފެދިފައިވާ މާއްދާތައް އެގިއްޖެ ކަމަށްވާނަމަ މިހާރު އަހަރުމެން މިއުޅޭ ބިމާއި އަދި ބިން އުފެދުމުގައި ހުރި ތަފާތުތައް ވަރަށް ރަނގަޅަ އެގިގެންދާނެއެވެ. މިކަމުގެ ގަދީމީ މަޢުލޫމާތު އެގޭ ކަމަށްވާނަމަ ދިރިއުޅެވިދާނެ ޕްލެނެޓް ތަރުތީބު ވެފައިވާ ގޮތް އެނގިގެން ދާނެ އެވެ. މީގެ ސަބަބުން އެހެން ސޯލާ ޕްލެނެޓެރީ ނިޒާމެއް އޮވެދާނެކަމަށް ގަބޫލުކުރެވޭނެއެވެ.

ހަގީގަތުގައިވެސް ތެރެސްޓްރިއަލް މީޓިއޯރައިޓްސް ހަނދުގެ ފަށަލައިގައި ހުރިކަމަށްވާނަމަ ޔަގީންވާ ކަމަކީ އޭގެ ޒަރިއްޔާއިން މިބިން އުފެދުމުގެ ކުރީކޮޅުގެ ޙާލަތު ވަރަށް ރަނގަޅަށް ދަނެގެނެވިދާނެ ކަމެވެ. ނުވަތަ އޭގެފަހުން ވަމުންއައި ގޮތާއި ދިރޭތަކެތި ދުނިޔެއަށް އައުމުގައި ދިމާވި ކަންތައްތައް ހޯދިދާނެއެވެ. ތަހުލީލު ކުރުމަށް ބޭނުންވާނީ ދުނިގެއިން ބުރައިގެ ދިޔަ ގާތަކުގައި އެކުލެވޭ އޯގަނިކް ކާބަން، މައިކްރޯއޯގަނިސަމްތަކުގެ ސަބަބުން ޖަމާވެފައިވާ މިނެރަލް ނުވަތަ ފަހަރެއްގައި ފޮސިލައިޒްޑް މައިކްރޯބްސް ވެސް ބޭނުން ވާނެ އެވެ.

މި ބިމުގެ ގޮތްނޭގޭ ހަގީގަތް ހޯދުމަށް އެންމެ ފަސޭހަވާނެގޮތަކީ ހަނދުން ލިބޭ އެއްޗަކުންނެވެ. ބައެއް ރިސާޗްތަކުން އެނގޭގޮތުގައި މިބިމުގެ ޤަދީމީ އެޓްމޯސްފެރިކް ގޭސް ހަނދުގެ ބޭރު ފަހުގައި ހަރުލާފައި ހުރެދާނެއެވެ. އެއީ އެތައްބައިވަރު އެސްޓޯރައިޑްސް އައިސް ބިމުގަ އާއި އަދި ހަނދުގައި ޖެހިގަނެގެން ހިނގި ގޮވުންތަކުގެ ދުވަސްވަރުގެ ގޭހެވެ.

މި ބިމުގެ އެތިކޮޅުކޮޅުތައް ހަނދުގެ ފަށަލައިން ހޯދުމަށް ތަހުލީލީ ޓެކްނީކްސް ބޭނުން ކޮށްގެން ހީލިއަމް، ނައިޓްރޮޖެން އަދި އޮކްސިޖަން އެ އެތިކޮޅުކޮޅު ތަކުގައި ހުރިތޯ ބަލަން ޖެހެއެވެ. މި ތަސައްވަރު ބޭނުން ކުރެވެނީ ތަފާތު އައިސޯޓޯޕްސް ހުރިތޯ ވަޒަން ކުރުމަށެވެ. އަދި ތަފާތު އެލެމެންޓް ތަކުގެ އެޓޮމިކް ނިއުކުލިއަސްގައި ހުރީ ކިތައް ނިއުޓްރޯންސްތޯ ބެލުމަށެވެ.

އައިސޮޓޯޕްސަގައި ހުންނަ ނިއުޓްރޯންސް ބަދަލުވެގެދާނީ ވަކި ހަމތަކެއްގެ މަތިން ވަކި މިންވަރަކަށެވެ. އެހެން ކަމަށްވާނަމަ ހަނދުން ގެންނަ ކޮންމެ އެތިކޮޅެއްގެ ހުންނަ އައިސޮޓޯޕްސްގެ މިންވަރު އެގުނީމަ އޭގެ އަސްލު އައިސޮޓޯޕްގެ ހާލަތު އެނގޭނެއެވެ. އޭގެ ސަބަބުން އެ އެތިކޮޅު ތަކުގެ އެ އެލިމެންޓް ހަރުލާފަ ހުރި ދުވަސް ދަނެގެނެވޭނެއެވެ. އެތަނުގެ އައިސޮޓޯޕުގެ އުމުރަކީ 4 ބިލިއަން އަހަރު ކަމަށްވާނަ އެއީ ހަމަ ޔަގީނުންވެސް މި ބުމުން ބުރައިގެން ގޮސްފައިވާ އެތިކޮޅެއްކަން ޔަގީން ވާނެ އެވެ.

bhhlkjމީގެ ހަތަރު ބިލިއަން އަހަރު ވެފައިވާ ޓެރެސްޓްރިއަލް އޮކްސިޖަން ހަނދުގެ ތަހުލީލުން ހޯދިއްޖެ ނަމަ ފުރާނަ ހުރި މަޚްލޫގުން މިބިމަށް އައިސްފައިވާ ގޮތުގެ މަޢުލޫމާތު އެގިގެންދާނެއެވެ.

ސަބަބަކީ އެޓްމޮސްފެރިކް އޮކްސިޖަންއަކީ ފޮޓޯސިންތެޓިކް އޯގަނިޒަމްގެ ފަރާތުން އުފެދޭނެ އެއްޗެކެވެ.

މީގެ އިތުރަށް ނައިޓްރޮޖެންގެ ހަގީގަތް ހޯދިއްޖެ ނަމަ އެގިގެންދާނީ މި ބިމުގައި މީގެ ކުރިން މެގްނެޓީކް ފީލްޑެއް ނެތްކަމެވެ. ސަބަބަކީ އިލެކްޓްރިކަލީ ޗާޖު ވެފައިވާ ނައިޓްރޮޖެން އެޓޮމް ހަނދުގައި ހުންނަޖެހޭނީ އެވަގުތު ހަނދުގައި މެގްނެޓީކް ފީލްޑު ހުރެގެންނެވެ.

މިކަމުގައި އަދިވެސް ކުރަން ޖެހޭ ތަހުލީލުތައް ވަރަށް ގިނައެވެ. މިކަމަށް އަދި އެތަކެއް ދުވަހެއް ނަގާނެއެވެ. ނަމަވެސް މި ހަގީގަތް އެގިގެން ދިއުމަކީ އެތައް ހައިރާން ކަމެއް ލިބިގެންދާނެ ކަންތައްތަކެވެ. މިކަމަށް ސްޕޭސް އޭޖެންސީ ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެޕޯލޯ 8 ގައި ހަނދަށް ދަތު ކުރި ބިލް އެންޑްރޫވެސް ބުނެފައިވަނީ އެހާ ދިގު ތަދުރެއްކޮށްފައި ހަނދަށް އައީ ހަނދު ބަލާ ހޯދުމަށެވެ. އެކަމަކު އެންމެ މުހިއްމު ކަމަކީ ހަނދުން އެމީހުންނަށް ހޯދިފައި ވާނީ ދުނިޔޭގެ ހަގީގަތެވެ.