ޗައިނާގައި ވިނީދަޕޫ މަނާކޮށްފި

މަޝްހޫރު ކާޓޫން ކެރެކްޓަރ ‘ވިނީ ދަ ޕޫ’ އޮންލައިންކޮށްވެސް އަދި އެހެން ގޮތަކަށް ވިއަސް ޗައިނާގައި ދެއްކުން މަނާކޮށްފިއެވެ. ޗައިނާގައި މި ކެރެކްޓަރ ދެއްކުން މަނާ ކޮށްފައި މިވަނީ ޗައިނާގެ ނޫހެއްގެ ފްރޮންޓް ޕޭޖުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގް އެމެރިކާގެ ކުރީގެ ރާއިސާއެކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯ އަކާ ޖެހިގެން ‘ޕޫ ބެއާ’ އަދި ހަމަ އެ ކާޓުނުގެ ‘ޓިގަރ’ ހިމެނޭ ފޮޓޯއެއް ޖެހުމުންނެވެ. މި ފޮޓޯ […]

ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 35 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތާލިބާނުން ޖާނުން ފިދާވުމުގެ ހަމަލާއެއް ދީ 35 މީހަކު މަރާލައިފިއެވެ. މިއީ ކާބުލްގައި މިފަހުން ދެވުނު އެންމެ ނުރައްކާތެރިއެއް ހަމަލާއެވެ. މިހަމަލާގައި 35 މީހަކު މަރުވެ 40 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެފައިވާ ވާކަމަށް އަފްޣާން ސަރުކާރުގެ އިސް އޮފީޝަލަކު ވަނީ ވިދާޅުވިއެވެ. މިހަމަލާއަކީ އަފްޣާނިސްތާނު ސަރުކާރުގެ އެކިފަރާތަތަކަށް ދެމުން ގެންދާ ހަމަލާތަކުގެ ބައެކެވެ. މި ހަމަލާ ތަކުގައި މިއަހަރު މިހާތަނަށް 1700 […]

އިޒްރޭލް އެމްބަސީގެ މުވައްޒަފުން އަނބުރައި ގެންގޮސް

ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީގައި މަސއްކަތްކުރާ މުވައްޒަފުން އަނބުރައި ގެންގޮސްފިއެވެ. އިޒުރޭލުން ބުނެފައިވަނީ މީހުން ގެންދިޔައީ އެތަނުގައި ހިންގާފައިވާ ބަޑީގެ ހަމަލައާ ގުޅިގެން ކަމަށެވެ. އެ ހަމަލާ ދީފައިވަނީ އެމްބަސީގެ ސެކިޔުރިޓީއަށްހުރި މީހެކެވެ. ބަޑިންދިން ހަމަލާގައި ޖޯޑަންގެ ދެމީހަކުވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކީ އެމްބަސީގައި މަސައްކަތެއް ކުރަންދިޔަ މީހެކެވެ. އޭނާވަނީ އިސްކުރު އަނބުރާ ކަށިގަނޑަކުން ސެކިއުރިޓީ ގާޑުގެ ބޮލަށް ހަމަލާދީފައެވެ. މިކަމާ ގުޅިގެން އިޒުރޭލުން ބުނެފައިވަނީ އެގައުމުގެ ސެކުއުރިޓީ […]

އީރާނުން ސައްޔާދު 3 މިސައިލް އުފައްދަނީ

އިރާނުން އަނެއްކާވެސް އެހެންބާވަތެއްގެ މިސައިލް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިއުލާންކޮށްފިއެވެ. މި މަސައްކަތް ފަށައިފައި މިވަނީ އިރާނާއި އެމެރިކާ ދެމެދު މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.   އިރާނުގެ ވެރިރަށް ތެހެރާންގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، އިރާންގެ ދިފާއީ ވަޒީރު ހޮސެއިން ދެހްޤާން ވިދާޅުވެފައި ވަނީ ‘ސައްޔާދު 3’ ގެ ނަމުން ނަން ދެވިފައި މި މިސައިލް 27 ކިލޯމީޓަރު މައްޗަށް އުދުހޭނެ ކަމަށެވެ. އަދި 120 […]

ސަނީ ލިއޯން ކުއްޖަކު އެޑޮޕްޓުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން އާއި ފިރިމީހާ  ޑޭނިއަލް ވެބާ ކުއްޖަކު އެޑޮޕްޓްކޮށްފިއެވެ. މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އަވަށަށް އުފަން 21 މަހުގެ ‘ނިޝާ’ މިހާރު ސަނީ ލިއޯން ވަނީ މުމްބާއީގައި އެމީހުން ދިރިއުޅޭ ގެއަށް ގެންގޮސްފައެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސަނީ ލިއޯން ބުނެފައިވަނީ ނިޝާގެ ފޮޓޯ ފުރަތަމަ ފެނުމާއެކުވެސް އެ ކުއްޖާ ދެކެ ލޯބިވެވުނު ކަމަށެވެ. އަދި އެވަގުތު ކުރެވުނު އިހުސާސުތަކަކީ ބަޔާންކުރަން ދަތި […]

މުސްލިމް ފިރިހެނަކާ ހިތާވުމުން ވަޅިން ހަމަލާދީ މަރާލައިފި

އިޒްރޭލަށް ނިސްބަތްވާ ނަޞާރާދީނުގެ މީހަކު އެނާގެ އަންހެން ދަރިފުޅު މުސްލިމް ފިރިހެނަކާ ރަށްޓެހިވުމުން ވަޅިއަކުން ހަމަލާދީ އަންހެން ކުއްޖާ މަރާލައިފިއެވެ. މިހާދިސާ ހިންގާފައިވަނީ އިޒްރޭލްގެ ރަށެއް ކަމަށްވާ ރާމައްލާގައެވެ. ފަންސާސްއަށް އަހަރުގެ ސާމީ ކައްރާ ރުޅިއައީ އެނާގެ ދަރިފުޅު 17 އަހަރުގެ ހެންރިއެޓް ކައްރާ މުސްލިމަކާ ހިތާވުމުންނެވެ. އެކަމާ ގުޅިގެން އައިރުޅީގައި ވަޅިން ހަމަލާ ދީ ދަރިފުޅު މަރާލާފައިވަނީ އެމީހުންގެ އަމިއްލަ ގޭގައެވެ. އެ އަންހެން ކުއްޖާ މުސްލިމަކާ ހިތާވިކަން […]

މޮރާޓާ ޗެލްސީއަށް ބަދަލުވެއްޖެ

ސްޕްއެއިންގެ ޗެމްޕިއަން ރިއަލްމެޑިރަޑައަށް ކުޅެމުންދިޔަ އަލްވާރޯ މޮރާޓާ އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއަށް ބަދަލުވެއްޖެއެވެ. މޮރާޓާ ޗެލްސީއާއި ގުޅިފައިވަނީ ޗެލްސީގެ ރިކޯޑް އަގެއް ކަމުގައިވާ 80 މިލިއަން ޕައުންޑައަށް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.މީގެ ކުރިން ޗެލްސީގެ އެންމެ އަގު ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމައަށް ކުޅެފައިވަނީ މިހާރު އެތްލެޓިކޯ މެޑްރިޑްއަށް ކުޅެމުންދާ ސްޕެއިންގެ ފެނާންޑޯ ތޮރޭސްއެވެ. 24 އަހަރުގެ މޮރާޓާއަކީ […]