ރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު  ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބު ކަމަށާއި  ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތާނގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމުގައި  ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު ވިދާޅުވީ  ޕާކިސްތާނުގައި ޞިއްޙީ ދާއިރާއާއި، އިންޖިނިއަރިންގއާއި، ފާމަސީ އަދި […]

ދުސްތޫރީ އޮނިގަނޑު ވަނީ “ޑެޑްލޮކް” އަކަށް ފަރުމާކުރެވިފައި- ރައީސް

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ “deadlock” އަކަށް ކަމަށާއި، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުން ދިވެހި ޤައުމުގެ ރައީސަކަށް ހުންނަ މީހާ، އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށް އެކުލަވާލެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމާ މުޚާޠަބުކުރައްވާ ދެއްވި  ޚިތާބުގައެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ މާހިރުންނާ ޙަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ދުސްތޫރީ ހިންގުން […]

ބޭރުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގައި ގޮންޖެހުން އެބަހުރި- ރައީސް

ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަޠާ ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ  މިހާރު ފެންނަމުންދާ ޙަޤީޤަތަކީ، އަމިއްލަ ފައިދާގެ ހެދުން އަޅައިގެން، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ޢަމަލުތައް ހިންގުމަށް ފާޅުގައި […]

ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވިއްޖެ- ރައީސް ޔާމީން

ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ 4 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަތާ ގުޅިގެން އިއްޔެ  ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ  އެކި ސަބަބުތަކާހެދި ނުކުރެވި ހުރި އެތައް މަސައްކަތްތަކަކާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މިހާރަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް، […]

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަވާޒް ޝަރީފްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ.  އަދި އަރިހުގައި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. މާލެ ވަޑައިގެން ރައީސް އޮފީހުގައި […]

ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފިއެވެ. މި ހާދިސާ ފުލުހުންނަށް  ރިޕޯޓުކޮށްފައި ވަނީ  މިއަދު މެންދުރު 1:45 އެހާކަންހާއިރުގައެވެ. ބުރަކަށްޓަށް ދިން ހަމަލާގައި ޒަހަމްވި ޒުވާނާއަށް ދަނީ މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

ސިފައިންގެ ޔުނިފޯމާ ވައްތަރު ހެދުން އަޅައިގެން އީވާ އާއި މަހްލޫފް މަޖިލިހަށް

ރައްޔިތުންގެ މަޖިލީސް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް،  ސިފައިންގެ ޔުނީފޯމް ފަހާފައި ހުންނަ ފޮއްޗާއި ދާދި އެއްކަލަ ފޮއްޗަކުން ފަހާފައިވާ ގަމީސް ލައިގެން ރައްޔިތުން މަޖިލީހުގެ ގޯތިތެރެއަށް ވަދެއްޖެއެވެ. ކެމަފްލާޖް ހެދުމުގައިމަޖިލީހުގެ އިދާރާއަށް ވަނުމަށް ގަމަހުލޫފް އާއި އީވާ މަސައްކަތް ކުރެއްވުމުން މަޖިލީހުގެ އިދާރާއަށް އެބޭފުޅުން ވެންނެވުމުގެ ކުރިން ސިފައިން ވަނީ ދެބޭފުޅުންނަށް ހުރަސް އަޅާފައެވެ. އީވާ އާއި […]