English Edition
Dhivehi Edition

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަޞްދީޤް ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ ކަމަށާއި، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ގެނަސްފައިވާ މި އިޞްލާޙާއެކު އެކި ގޮތްގޮތަށް ހިންގޭ ވިޔަފާރީގެ ތަފާތު މުޢާމަލާތްތައް ބެލެހެއްޓި، ރާއްޖޭގައި ބޭރުގެ ވިޔަފާރިތައް ހިންގުމަށް ރަޖިސްޓްރީ ކުރާނެ އުސޫލުތައް އެކަށައެޅިގެންދާނެއެވެ. އަދި ވިޔަފާރީގެ ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެއެވެ.

1 ކޮމެންޓް
އާފް
ޑިސެމްބަރު 5, 2019
ތަޞްދީޤްކުރި ޤާނޫން ގެ ކޮޕީއެއް ހިމެނިނަމަ މިޚަބަރު ޥަރަށް ފުރިހަމވީސް