English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވި ނަމަވެސް، ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

އއ. އުކުޅަހުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ މަންދޫބުންނާ ވީޑިއޯ މެދުވެރިކޮށް، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަސައްކަތް ކުރައްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށްކަމަށެވެ

ސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަކާއި ދުރަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ނަޝީދުވަނީ އެ މަނިކުފާނުގެ ބަދަލުގައި މިވަގުތު އެހެން ކެނޑިޑޭޓަކު ބަހައްޓަން އެދި ވަޑައިގެންފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު މި ބާއްވަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ އިސްވެރިން ހައްޔަރުކޮށް، ގާނޫނުއަސާސީ ގަޑުބަޑު ކޮށްފައިވާ ހާލަތެއްގައި ކަމަށާއި މިވަގުތު ދިވެހިން ނިންމުމަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުން ކަމަުގައެވެ.