ދުސްތޫރީ އޮނިގަނޑު ވަނީ “ޑެޑްލޮކް” އަކަށް ފަރުމާކުރެވިފައި- ރައީސް

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ “deadlock” އަކަށް ކަމަށާއި، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުން ދިވެހި ޤައުމުގެ ރައީސަކަށް ހުންނަ މީހާ، އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށް އެކުލަވާލެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމާ މުޚާޠަބުކުރައްވާ ދެއްވި  ޚިތާބުގައެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ މާހިރުންނާ ޙަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ދުސްތޫރީ ހިންގުން […]

ބޭރުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގައި ގޮންޖެހުން އެބަހުރި- ރައީސް

ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަޠާ ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ  މިހާރު ފެންނަމުންދާ ޙަޤީޤަތަކީ، އަމިއްލަ ފައިދާގެ ހެދުން އަޅައިގެން، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ޢަމަލުތައް ހިންގުމަށް ފާޅުގައި […]

ސިފައިންގެ ޔުނިފޯމާ ވައްތަރު ހެދުން އަޅައިގެން އީވާ އާއި މަހްލޫފް މަޖިލިހަށް

ރައްޔިތުންގެ މަޖިލީސް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް،  ސިފައިންގެ ޔުނީފޯމް ފަހާފައި ހުންނަ ފޮއްޗާއި ދާދި އެއްކަލަ ފޮއްޗަކުން ފަހާފައިވާ ގަމީސް ލައިގެން ރައްޔިތުން މަޖިލީހުގެ ގޯތިތެރެއަށް ވަދެއްޖެއެވެ. ކެމަފްލާޖް ހެދުމުގައިމަޖިލީހުގެ އިދާރާއަށް ވަނުމަށް ގަމަހުލޫފް އާއި އީވާ މަސައްކަތް ކުރެއްވުމުން މަޖިލީހުގެ އިދާރާއަށް އެބޭފުޅުން ވެންނެވުމުގެ ކުރިން ސިފައިން ވަނީ ދެބޭފުޅުންނަށް ހުރަސް އަޅާފައެވެ. އީވާ އާއި […]

ސިޔާސީ އެކްޓިވިސްޓުންފަދައިން ކުރީގެ ރައީސުން އުޅުއްވާތީ ހިތާމަކުރަން- އަޒްލީން

ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅުންނަކީ، ގައުމަށް ހެވާ ލާބަ އެދި ގައުމަށް ހެޔޮ ވިސްނުމާއި މަގުދައްކައިދޭން ތިބެންޖެހޭ ބައެއް ކަމަށާއި އެހެން ނަމަވެސް އެބޭފުޅުން ސިޔާސީ އެކްޓިވިސްޓުންނެކޭ އެއްފަދައިން އުޅުއްވާތީ ހިތާމަކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ. ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަމަވުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަމަކީ، ގައުމު ހަލަބޮލި ކުރުމަށްދޭ ހިމާޔަތާއި ރައްކާތެރިކަމެއް ނޫން ކަމަށެވެ. […]

އަސްކަރިއްޔާއިން މަޖިލިސް ހިސާރެއް ނުކުރޭ- ސަރުކާރު

ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގައި 24 ޖުލައި 2017 ގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން މީޑިޔާއިން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެއްވެސް ވޯޓެއް ނެގުމަށް އިއްޔެ އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިނުވާނެ ކަމުގައެވެ. […]

ސިފައިންގެ އެހީހޯދީ މަޖިލިސް ހިމާޔަތް ކުރަން- ރީކޯ

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހިނގި ހަމަނުޖެހުން ތަކުގައި ސިފައިންގެ އެހީ ހޯދީ ރައްޔިތުން މަޖިލިސް ހިމާޔަތް ކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. ބޭރުގެ ނޫހެއް ކަމަށްވާ “ނިއުސް އިން އޭޝިޔާ”އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބޭއްވުމަށް އެ އިދާރާއިން ނިންމާފައިވީ ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ކަމަށް […]

މަޖިލިހުގެ އިދާރާއަށް ފުލުހުން ވަނީ މެމްބަރުންނޫން މީހުން އިދާރާއަށް ވަނުމުން- ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެފައިވަނީ، މަޖިލިސް މެންބަރުން ނޫން އެހެން ބައެއް ފަރާތްތަކުން މިއަދު މަޖިލިސް އިދާރާއަށް ވަނުމާއި ގުޅިގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ. މިއަދު މާލޭގައި ކުރިއަށްގެންދިޔަ އެއްވުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،  ޖުލައި 24 ވާ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެކަމަށް މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އިއުލާންކޮށްފައި ވަނިކޮށް މަޖިލީހަށް ދިއުމުގެ ނަމުގައި މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް […]