ފުވައްމުލަކާއި އައްޑުއާ ދެމެދު ކާގޯފެރީގެ ޚިދުމަތް ދޭން ފަށައިފި

އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއާ ދެމެދު ކާގޯގެ ޚިދުމަތްދޭން މިއަދު ފަށައިފި ކަމަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ވިދާޅުވެއްޖެއެވެ. އެސްޓީއެލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީއު ވިދާޅުވީ މިއަދު ފުވައްމުލަކުން އައި ކާގޯފެރީންވެސް 90 މީހުން އައިސްފައިވާ ކަމަށެވެ. އެއީ 100 މީހުންގެ ޖާގައިގެ ފެރީއެކެވެ. މިފެރީ އައްޑޫސިޓީ ފޭދޫ ބަނދަރުން ފުރީ 2:00 ގައެވެ. ޝަފީއު ވިދާޅުވީ މިދަތުރުތައް އަދި އޮންނާނީ ކޮންމެ ހަފްތާއަކު އަންގާރަ ދުވަހު […]

އީކުއޭޓަރ ވިލެޖުން މިނިވަން ދުވަހަށް ޚާއްޞަ ޕެކޭޖްތަކެއް ތައާރަފްކޮށްފި

އައްޑޫސިޓީގެ ގަމުގައި ހިންގަމުންދާ އީކުއޭޓަރ ވިލެޖުން މިނިވަން ދުވަހަށް  ޚާއްޞަކޮށްގެން 3 ޕެކޭޖެއް ތައާރަފްކޮށްފިއެވެ. 25ޖުލައި އިން 30 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދާ  މި ޕްރޮމޯޝަނުގައި 80 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރ އަދި 130ޑޮލަރުގެ ޕެކޭޖް ހިމެނެއެވެ. މި ޕެކޭޖް ތަކުގެ ތެރެއިން 80 ޑޮލަރުގެ ޕެކޭޖްގައި މަދުވެގެން 6 ގަޑި އިރަށް ރޫމެއްގައި ތިބެވޭއިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން 2 މީހަކަށް ލިބެއެވެ.  2 […]

އައްޑޫ ވިޔަފާރިވެރިންނަށް ޚާއްސަ ފޯރަމެއް ބާއްވައިފި

އައްޑޫސިޓީގައި ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން ހިތަދޫގައި ވިޔަފާރި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ބާއްވާފައިވަނީ ހިތަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީ ކެމްޕަހުގައެވެ. މިމަހުގެ 14 ވަނަދުވަހުގެރޭ، ބޭއްވި މި ފޯރަމުގައި މައުލޫމާތު ދެއްވީ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމާއި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ޑެޕިޔުޓީ މިނިސްޓަރ އަބްދުﷲ މުހައްދެވެ. މި ބައްދަލުވުމުގައި އައްޑޫގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ. މި ފޯރަމުގެ ބޭނުމަކީ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމަށްފަހު […]

ތެޔޮ އަގުހެޔޮވުމުން މޯލްޑިވިއަންގެ އެތެރޭގެ ޓިކެޓް އަގުހެޔޮކޮށްފި

ދިވެހިރާއްޖޭގެ ގައުމީ “މޯލްޑިއަން” އން އެތެރޭގައިކުރާ ތަދުތުރު ތަކުގެ ޓިކެޓް އަގުހެޔޮކޮށްފިއެވެ. މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑްއޭވިއޭޝަނުން ވިދާޅުވީ ޓިކެޓްގެ އަގުހެޔޮވެގެންދަނީ ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ޓިކެޓް އަގުހެޔޮކުރީ “ތެލުގެ ޑިޔުޓީ ކުޑަކުރުމުން އަގަށްއައި ބަދަލާ ގުޅިގެން” ކަމަށެވެ. ތެލުގެ އަގުބޮޑުވުމުން އަނެއްކާވެސް ޓިކެޓްގެ އަގުބޮޑުކުރާނަންތޯ ދެންނެވުމުން އައިލޭންޑްއޭވިއޭޝަނުން ވިދާޅުވީ “އަދި އެހިސާބަށް ނުވިސްނަން. ތެލަކީ ވަރަށްބޮޑަށް ފެއާއަށް ޑިޕެންޑްވާ އެއްޗެއް،” ކަމަށެވެ. […]

ދެ ރުފިޔާގެ އައު ފައިސާ ފޮތި ބާޒާރަށް ނެރެފި

މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޖަހައިގެން ގެނައި ދެރުފިޔާގެ އައު ދަގަނޑު ފައިސާ ފޮތި ތައާރަފުކޮށް ބާޒާރަށް ނެރެފި އެވެ.އެމްއެމްއޭގައި މިއަދު ބޭއްވު ހަފްލާގައި ދެރުފިޔާގެ އައު ފައިސާ ފޮތި ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. އަލަށް ނެރުނު ދެ ރުފިޔާގެ ފައިސާފޮތީގެ ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބްރާސްގެ މައުދަނެވެ.އަދި އެތެރޭގައި ބޭނުންކޮށްފައި ވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ. ކައިރިފަށް އޮމާނންކޮށް ފަރުމާކޮށްފައިވާ މި […]

މޯލްޑިވިއަންގެ ސޭލްސް ކޮންފަރެންސް އީކުއޭޓަރވިލެޖުގައި ބާއްވައިފި

އައްޑޫސިޓީއާއި، ފުވައްމުލަކުގައި ޙަރަކާތްތެރިވާ މޯލްޑިވިއަންގެ ސޭލްސް އެޖެންޓުންނަށް ޚާއްސަ ކޮށްގެން “ސޭލްސް ކޮންފަރެންސް” އެއް މިއަދު ބާއްވައިފިއެވެ. އައްޑޫސިޓީ ގަމުގެ އީކުއޭޓަރވިލެޖުގައި ބޭއްވި މި ކޮންފަރެންސްގައި މޯލްޑިވިއަންގެ 11 ޕެސެންޖަރ ސޭލްސް އެޖެންޓު އޮފީހަކުން 20 މީހުން ބައިވެރިވެފައެވެ. “ބިލްޑިން ބްރިޖަސް ޓުގެދަރ” ތީމަކަށް ނަގައިގެން ކުރިއަށް ގެންދިޔަ މި ކޮންފަރެންސުގެ މައިގަނޑު ބޭނުމަކީ ސޭލްސް އެޖެންޓުންނާއި މޯލްޑިވިއަންއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ކުންފުނީގެ މައުލޫމާތު އެމީހުންނަށް ފޯރުކޮށްދިނުން […]

ސްޓެލްކޯ އިން ފިއުލް ސާޗާޖު ކަނޑާލައިފި

ސްޓެލްކޯ އިންދޭ ކަރަންޓުގެ ޚިދުމަތުން ނަގާ ފިއުލް ސާޗާޖު ކަނޑާލައިފި އެވެ. ސްޓެލްކޯ އިން މިހެން ނިންމީ ފިއުލް ސާޗާޖް ނަގާ މިންގަނޑަށް ވުރެ ދަށް އަގުގައި އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ވިއްކާތީކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަބްދުއް ލަތީފް ވިދާޅުވީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ފިއުލް ސާޗާޖު […]