ކުރުވާހަކަ: އިތުބާރު

ކޮންމެ ރެއަކު ދެނަމާދު ދޭތެރޭ ރިޔާސާ ވާތަނެއް ނޭނގެއެވެ. އަހަރެން އެކަމަކާ ކަންބޮޑެއް ނުވެއެވެ. އެހެނީ ރިޔާސާއަށް އަހަރެން އެހާވަރަށް އިތުބާރު ކުރާތީއެވެ. ރިޔާސާއާ އަހަރެން އިނދެގެން އުޅޭތާ މިވީ ހަ އަހަރު ދުވަހު އަހަރެން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހެއެވެ. ބޮލަށް ފަސޭހައީ އެހެން ވީމައެވެ. އޭނާއަކީ އޮފީހުގައި އުޅޭ އަންހެނަކަށް ވިޔަކަސް ކުޑަވެސް ޝައްކެއް ނުކުރަމެވެ. ރޭގަނޑު ކިތަންމެ ލަހުން ގެއަށް އަޔަސް ލަސްވީ ކީއްވެހޭ އަހަރެން […]

ކަށިނެތް ފިނިފެންމާ- 2 ވަނަ ބައި

އަހަރެންނަށް ހަރަކާތެއް ކުރަންވެސް ނޭނގުނެވެ. ބުނާނެ އެއްޗެއް ވެސް ހިތަކަށް ނައައެވެ. އަހަރެންނަށް ވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. އެ ވަގުތު އެއްފަހަރާ އެތައް ކަމެއް ހިނގަމުން ދިޔައެވެ. ފަހަރަކު ކަމެއް ވަމުން ދިޔައެވެ. މިއީ އެކަތަފަދަ ޒުވާން އަތެއްގެ ދަށުގައި އަހަރެން ގައިދުވި ފުރަތަމަ ފަހަރުވެސް މެއެވެ. އަހަރެން ދެކޮޅު ހެދީމެވެ. ތެޅިފޮޅުނީމެވެ. ހަޅޭއްލަވަން އުޅުނީމެވެ. އެހެންނަމަވެސް ރަގީބުގެ އަތުގެ ތެރޭގައި އަހަރެން ވަނީ ބަނދެވިފައެވެ.  އޭނާގެ ވަރުގަދަ […]

ކަށިނެތް ފިނިފެންމާ

އަހަންނަކީ ކަށިނެތް ފިނިފެންމަލެކެވެ. މިހެން އަހަންނަށް ބުނެވޭނެ ކިތަންމެ ފަހަރެއް ވެސް މިހާރު ހަޔާތުން އަތުވެއްޖެއެވެ. މައްސަލައަކީ އަހަންނަށް ނޫނެކޭ ބުނަން ނޭނގޭ ކަމެވެ. ނުކެރޭކަމެވެ. އަމުދުން މައިންބަފައިންގެ ކުރިމަތީގައވެ. އަހަރެން އަރަބިއްޔާގައި ކިޔަވާ ނިމުމުން މައިންބަފައިން ބޭނުންވީ އަހަރެން މީހަކާ ދެވުމަށެވެ. ވަޒީފާއަކަށް  ފޮނުވާކަށް ގަބޫލެއް ނުވިއެވެ. އަންހެން ކުއްޖެއް ވީމައެވެ. ވަޒީފާތަކަށް ދިއުމުން އުޅުން ގޯސްވެދާނެތީއެވެ. ބޯހަރުވެ ބަސްނާހަފާނެތީއެވެ. “އަންހެނުންގެ މަގާމަކީ ގޭގެ ހަތަރުފާނުން އެތެރެ.” ބައްޕަ […]

ކުރުވާހަކަ- ތައުބާ

ޝަފީގާއަކީ ފަގީރު އާއިލާއެއްގެ ކުއްޖަކަށް ވިޔަސް، އޭނާއަކީ ރީތި ކުއްޖެކެވެ.  އަދި މިހާރު އޭނައަކީ ފަގީރު ކުއްޖެއް ވެސް ނޫނެވެ.  އެހެނީ އޭނާއަކީ ޕްްރައިވެޓް އޮފީހެއްގައި މަތީ މަގާމެއް އަދާ ކުރާ ކުއްޖެކެވެ. އެހެންކަމުން މި އަދު އޭނާވަނީ މައިންބަފައިންގެ ނުފޫޒުން ބޭރުވެ އޭނާ ބޭނުން ގޮތަކަށް އުޅުމަށް މިނިވަން ވެފައެވެ.   އޭނާ ހިތްއެދޭ ސްޓައިލަކަށް އޭނާގެ އިސްތަށިގަޑު ބައްޓަންކޮށް ކުލަ ޖައްސައި ބޭނުންކަހަލަ ހެދުމެއް އެޅުމަކަށް މިއަދަކު އެއްވެސް […]

ކުރުވާހަކަ: ލޯތްބާއި ދުރަށް…….

ސުވީތާގެ ކާވެނީގެ ތާރީޚު ކަނޑައަޅަން ގޭ މީހުން ވިސްނަމުންދާތާ ކިތަންމެ ދުވަހެކެވެ. “ދޮންކަނބުލޮ އެހެރީ ބޮޑުވެ ފުރާވަރަށް އަރާފަ.” މަރިޔަންފުޅު ރައްޓެހިން ގާތު ބުނެއެވެ.” އެކަމަކު އޭނާ އަދިވެސް އެ އުޅެނީ ކުޑަކުއްޖެއްހެން. އަބަދު ގައިސްއާ އެހާ ގައިގޯޅިކޮށް ނޫޅޭށޭވެސް އަހަރެން މިހާރު ބުނެފިން.” “ދެން ތި ދެމީހުން އަވަހަށް ދެވަންވީނު.” “އަލިމަނިކުވެސް މަގޭގާތު ތިހެން ބުނެފި.” މަރިޔަންފުޅު ބުންޏެވެ. “އެކަމަކު ރަންދޯދިގޭ ސަކީނާ އެބޭފުޅުންގެ ޝަރަތުއާ އޭނަޔާ ދެވަންވީނޫންހޭ […]

އެ ދުވެލި މަޑުކުރެވުނުނަމަ…!

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ  މިއީ ޙަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ/ ދުވަހަކީ ހޮނިހިރު ދުވަހެވެ. މެންދުރުގެ ކެއުމަށް ތަށިމަތި ތައްޔާރު ކުރުމުގެ މަސައްކަތުގައި ފަރީޝާ ހޭބޯ ނާރައި އުޅެއެވެ. ފަޔާޒު ވަރަށް ބަޑުހައިވެފައި ހުރެ ފަރީޝާ އަށް ގޮވާލިއެވެ. އަދިވެސް ކާން ނުހެދެނީ ހެއްޔެވެ. ” ނޫނެކެވެ. ކާން ތައްޔާރުވެއްޖެއެވެ.” ދެކުދިން ގޮވައިގެން ކާ މޭޒުދޮށަށް އައުމަށް ފަރީޝާ ފަޔާޒު އަށް އިޝާރާތް ކުރިިއެވެ. ފަޔާޒު ދެކުދިން […]

ކުރުވާހަކަ: ރޭވި ކާވެނި

އޭނާއާ އިނުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ޖަލީލަކީ އަހަރެން ދަންނަ ކުއްޖެކެވެ. ގެ ހުންނަނީ އެއް މަގެއްގައެވެ. ބާޒާރު ކުރަން ދާންޖެހެނީ އެގޭ ފިހާރަޔަށެވެ. އެނޫން ފިހާރައެއް އެ ހިސާބުގައިވެސް ނުހުރެއެވެ. ޖަލީލުގެ ބައްޕަ ތައުފީގުބެއާއި އަހަރެންގެ ބައްޕައަކީ ދުރުތާ ތިމާގެ ކަމަށްވުރެން ބޮޑަށް ގާތް ރައްޓެހީންނެވެ. ތައުފީގުބެ އަހަރެމެންގެއަށް އައިސް އެތައް އިރަކު ބައްޕައާ ވާހަކަ ދައްކަން ކޮންމެ ދުވަހަކުވެސް އިންނާނެއެވެ. އަދި […]