އަތުން ކެއުމުން ބަރުދަން ލުއިކޮށްދޭ

ދުނިޔޭގެ ވަރަށް ގިނަ މީހުން އަތުން ކައި އުޅެއެވެ. އެހެންނަމަވެސް ޔޫރަޕްގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ ވަރުން އަތުން ކެއުމަކީ ހަޑިކަމަކަށް ވަނީ ވެފައެވެ. އެގޮތުން ސަމްސަލާއި އޫ ބޭނުންކޮށްގެން ކެއުމަކީ ފެޝަނެކޭ ބުނާއިރު، އަތުން ކެއުމުން ލިބޭ ފައިދާ އެނގެނީ ކިހާވަރަކަށްހެއްޔެވެ؟ އަތުން ކެއުމުން ގިނަ ބަލިތަކުން ސަލާމަތް ކޮށްދެއެވެ. ފަހުގެ ދިރާސާ ތަކުން ދައްކާގޮތުން ހަކުރު ބަލީގެ އެއްބާވަތެއްގެ މީހުންނަކީ އެހެންމީހުންނާއި އަޅާބަލާއިރު ވަރަށް އަވަސް […]

ބާސްކެޓްބޯޅަ ކުޅުމުން ބަރުދަން ލުއިކޮށްދޭ

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކުޅޭނެ ކުޅިވަރެއް ނުވަތަ ކަސްރަތެއްް ހޯދުމުގެ ބޭނުމެއްނެތެވެ. ބޭކާރުގޮތުގައި ވަގުތު ހޭދަކުރުމަށްވުރެ ރަނގަޅު ގޮތުގައި އެވަގުތުކޮޅުވެސް ހޭދަކޮށްލުން މާރަނގަޅެވެ. ‘ފިޓް’ މީހެއްގެ ގޮތުގައި އުމުރު ހޭދަކުރަން ބޭނުންނަމަ މިއޮތީ އޭގެ ހައްލެވެ. އާއެކެވެ. ބާސްކެޓްބޯޅަ ކުޅުމަކީ އެކަމުގެ ހައްލެވެ. ބާސްކެޓްބޯޅަ ކުޅުމަކީ މަޖަލުގެ ތެރެއިން އެމީހަކަށް ނޭނގި އެމީހަކު ދުޅަހެޔޮ ކަންމަތީ ބަހައްޓައިދީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެހެން ކުޅިވަރުތަކާއި ހިލާފަށް ބާސްކެޓްބޯޅައަކީ އެކަނިވެސް […]

ކޮންމެ މީހަކު ކާރެއް ގަންނާކަށް ނުޖެހޭ

ކާރުބާރު ބޮޑު ސިޓީއެއްގައި ނުވަތަ އެފަދަ ސިޓީއެއްގެ ކައިރީގައި ދިރިއުޅޭނަމަ ކާރެއް ގަތުމަކީ މޮޔަކަމެކެވެ. އަމިއްލަ ކާރެއް ގެންގުޅުމަކީ ގިނަ ޚަރަދު ހިނގާނެކަމެކެވެ. އެހެންނަމަވެސް އެހަރަދުތައް ކުރެވޭވަރަށް ފައިސާހުރެ، އަމިއްލަ ކާރެއް އޮތުމަށް އެދޭނަމަ އެކަން ކުރުން އެއީ ނެތްކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ކާރެއް ގަތުމުގެ ކުރިން އެމީހެއްގެ ދިރިއުޅުމުގެ ފެންވަރާއިމެދު ވިސްނާލައެވެ. އެގޮތުން ލިބޭ އާމްދަނީން ކާރަށް ފައިސާ ދައްކާފައި ދެކޮޅު ޖެހޭތޯވެސް ބަލާނެއެވެ. އެކަށީގެންވާ ރަނގަޅު […]

ދުވުމުގެ ކުރިން ވޯމް އަޕް ކުރުން ފަސޭހައެއް ނޫން

ކޮންމެ ފަދަ ކުޅިވަރެއް ކުޅުމުގެ ކުރިން ކަސްރަތުު ނުވަތަ ‘ވޯމް އަޕް’ ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއިގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން މަތިކޮށްދީ، މަސްތައް ތައްޔާރުކޮށްދެއެވެ. އަދި ނާރުތަކާއި، މަޑު ޓިޝޫތަކާއި ހުޅުތަކާއި ހިތުގެ މަސްތައް ވެސް ކުރަން އުޅޭ ހަރަކާތްތަކަށް ތައްޔާރުކޮށްދެއެވެ. ރަނގަޅު ވޯމް އަޕެއްގެ ކޮށްފިނަމަ ހަށިގަނޑުގެ މަސްތަކަށް އަންނަ ވިލުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދީ ހިތުގެ މަސައްކަތުގެ ރޭޓް ހަލުވި ކޮށްދެއެވެ. ދުވާމީހުންވެސް ކުއްލިއަކަށް […]

ބައިވެރިޔާއި އޮންނަ ގުޅުން ރަނގަޅު ނޫންނަމަ ދެން ހަދަންވީގޮތް

ދެމީހެއްގެ ދޭތެރޭގައި އުފެދޭ ގުޅުމަކީ ދެމިގެންދާ އާއިލީ ބަދަހި ގުޅުމަކަށް ވެދާނެއެވެ. ނަމަވެސް އެގުޅުމެއްގައި އުޅޭ ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ވަންތަކަމެއް އޮންނާނެ މީހެކެވެ. އެއްވެސް ބިރެއްނެތި އެމީހެއްގެ އަމިއްލަ ވަގުތު ނަގައިގެން، ބޭނުންކަމެއް ކުރުމަކީ އަނެކާގެ އިޙްސާސްތަކާއި ކުޅެލެވިދާނެކަމެކެވެ. ކޮންމެ ގުޅުމެއްގައިވެސް އެކަކު އަނެކަކު ރަނގަޅަށް އެނގެންޖެހެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ކިބައިގައި ގިނަ ކަންތައްތަކެއް ހުންނާނެ މީހެކެވެ. އެކި މީހުންގެ އިޙްސާސްތަކާއި ވިސްނުން ތަފާތުވާނެއެވެ. އަދި […]

އަތުކުރި ގަޑި ތިއަޅަނީ ރަނގަޅަށްތަ؟

އަތުކުރި ގަޑި އަކީ ތަފާތު އެކި ސައިޒުގައި، އެކި ސްޓައިލްގައި ހުންނަ އެއްޗެކެވެ. އަދި އެކި އެކި މުނާސަބަތްތަކަށް ގަހަނާ އާއި އެކީގައި އާއި، ފެޝަނެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. މިކަމަށް އަންހެން ފިރިހެން ތަފާތެއް ނެތެވެ. އެހެންނަމަވެސް އަތުކުރި ގަޑި އެޅުމުގައި ބައެއް މީހުން ޤަބޫލުކުރާ ގަބޫލްކުރުންތައް އެބަހުއްޓެވެ. ވަކި ގޮތަކަށް ގަޑި އެޅުމަށް އެމީހުން އިސްކަން ދެއެވެ. ޒަމާނީ ފެޝަނަށްވުރެ ގަދީމީ ވިސްނުން އިސްކޮށްގެން އަތުކުރި ގަޑި […]

ބާލީހުގެ ސަބަބުން ރޭގަނޑުގެ ހަމަ ނިދި ނުލިބިދާނެ

ބައެއް ރޭރޭ ކިތައްމެ މަސައްކަތެއް ކުރިޔަސް ނިދި ނައަންނަ ރޭރޭ އާދެއެވެ. އެއިގެ ސަބަބުން ބައެއްފަހަރު އަމިއްލަ ނަފްސުދެކެ ރުޅިއާދެވެއެވެ. ނަމަވެސް އެއްވެސް ވަރަކަށް ނުނިދިގެން އުޅޭ ސަބަބު ބަލާލަންތޯ އެވެ؟ ހަމަ ނިދި ނުވަތަ ނުނިދިފައި އޮންނަންޖެހޭ އެއްސަބަބަކީ ބޯދަށަށް ލެވިފައިވާ ބާލީހޭ ދެންނެވުމުން ހައިރާން ވެދާނެއެވެ. ނުނިދި އެއިގެ އުނދަގޫ ތަހައްމަލް ކުރަން ޖެހިފައިނުވާ މީހަކު ވަރަށް މަދުވާނެއެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. މައްސަލަ އަކަށްވަނީ […]