ޚަބަރެއް ނުވެގެން ހޯދަމުން ދިޔަމީހަކު ފެނިއްޖެ

މާލެ އަތޮޅު މާފުށިން ފުރައިގެން މާލެއަށް ދާންފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފަށް އެންގުމުން އެމްއެންޑީއެފްއިން އެ ޑިންގީއާއި މީހާ ހޯދައިފިއެވެ. މާލެ ދިޔުމަށް އެމީހާ ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓުގާޑަށް އެކަން އަންގާފައިވަނީ މިއަދު ހަވީރު 3:03 އެހައިކަންހާއިރުއެވެ. އެ ޚަބަރު ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެމީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހަވީރު 4:59 އެހައިކަންހާއިރު މާލެ އާއި […]

މިރެއާއި މާދަމާރޭވެސް ބޮޑުބަޔަކަށް ވިއްސާރަކުރާނެ:މެޓު

މިރެއާއި މާދަމާރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ )މެޓް އޮފީސް) އިން ހާމަކުރައްވައިފިއެވެ. އެއިދާރާއިން ވިދާޅުވެފައިވަނީ މިރޭ 8:00 އިން މާދަމާރޭގެ 8:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނެ ކަމަށްވެސް މެޓް އޮފީހުންވަނީ ހާމަކުރައްވައިފައެވެ. […]

ކުރީގެ ވެރިންނަށް ރައްޔިތުން މިހާރު އިޖާބައެއް ނުދޭ: ޕީޕީއެމް

އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު ތިއްބެވީ ފާއިތުވި 35 އަހަރުތެރޭ ގައުމު ހިންގެވުމަށް އެންމެ އިސްކޮށް ތިއްބެވި ވެރިން ކަމަށްވިޔަސް އެބޭފުޅުންނަށް ރައްޔިތުން މިހާރު އިޖާބަ ނުދޭ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިވަންދުވަހުގެ ރަސްމީ ކުޅިވަރުތައް ބެއްލެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް މުޒާހަރާ ކުރުމަށް އިދިކޮޅުފަރާތްތަކުން “ހަވަރު” އެއްކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް […]

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުވެސް ޔާމީން ކާމިޔާބު ކުރައްވާނެ:މޫސަ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވާރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ. ވަރަށް ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި މޫސާމަނިކު ސަންޓީވީގައި ވާހަކަ ދައްކަވަމުން ވިދަޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަކީ އިދުކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މޫސަ ވިދާޅުވީ ރައީސް ޔާމީނަށް ވޯޓުދެއްވައިގެން […]

ސިޔާސީ ގޮތުން ބަލިވެފައިވަނީ ގައުމުގެ ހަމަޖެހުން ނަގާލާ މީހުން:އަބްދުއްރަހީމް

ރާއްޖޭގައި ސިޔާސީ މައިދާނުގައި މިހާރު ބަލިވެފައިވަނީ ގައުމު އިސްލާހު ކުރުމުގެ ނަމުގައި ޣައިރުގާނޫނީ އަމަލު ހިންގަމުން ގެންދާ މީހުން ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ގައުމު އިސްލާހު ކުރުމުގެ ނަމުގައި ގައުމުގެ ހަމަޖެހުން ނަގާލަން ޣައިރުގާނޫނީ އަމަލުތައް ހިންގަމުން މިއަދު އެގެންދަނީ ސިޔާސީ ގޮތުން ބަލިވި މީހުން” ކަމަށެވެ. ބެލެވޭ ގޮތުގައި އަބްދުރައްހީމް […]

މަކީޓާ އެޓޯލްސް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތް ފަށައިފި

މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތް އައްޑޫސިޓީ ހިތަދޫގައި މިއަދު ހެނދުނު ފަށައިފިއެވެ. މި މުބާރާތުގެ ހެނދުނުގެ ދަންފަޅި ކުރިއަށް ދިޔައީ ހެނދުނު 7:30 އިން 10:30 އަށެވެ. ހަވީރުގެ ދަންފަޅި ކުރިއަށްދިޔައީ ހަވީރު 4:00 އިން 5:30 އަށެވެ. މިމުބާރާތުގައި އެސޯސިއޭޝަންގެ މެންބަރ 6 ކުލަބަކާއި، 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިން ބާއްވަން ހަމަޖެއްސީ މިދިޔަ މާރިޗުމަހުގެ 20 އިން 23 އަށެވެ. އެހެންނަމަވެސް […]

އީކުއޭޓަރވިލެޖުގައި 27 އަހަރު، ބޭނުމީ އަދިވެސް ޚިދުމަތްކުރަން: ޝީޒާ

އައްޑޫސިޓީ ގަމުގައި ހިންގާ އީކުއޭޓަރވިލެޖުންދޭ ޚިދުމަތުގެ ވާހަކަ މިހާރު ވައިގައި ހިފައިފިއެވެ. މުވައްޒަފުންގެ ހިތްހެޔޮކަމުގެ ވާހަކަ މެހުމާނުން ދައްކަން ފަށައިފިއެވެ. މެހުމާންދާރީގެ ވާހަކަ އާންމުވެއްޖެއެވެ. މިހެންގޮސް އީކުއޭޓަރވިލެޖުގެ ވާހަކަ ދައްކަންޏާ ދެކެވޭނީ މުޅިންވެސް ރަނގަޅު ވާހަކައެވެ. އެތަނުގައި ކިތައްރޭ ހޭދަކުރިންހެއްޔެވެ؟ ރޭކުރިނަމަ އެތަނުގެ ތަންމަތިތަކުގެ އަރާމުކަން އިހުސާސް ކުރެވޭނެއެވެ. ތަންމަތި އަޅައިދީފައި ހުންނަ ރީތިކަމާއި ސާފުތާހިރު ކަމާއި ހިތްގައިމުކަން ހަނދާންވީމައި އަދިވެސް އެތަނަށް އަންނަހިތްވޭ ނޫންހެއްޔެވެ؟ އީކުއޭޓަރވިލެޖުގެ ކޮޓަރިތަކުގައި ތަންމަތި […]