އަސްކަރިއްޔާއިން މަޖިލިސް ހިސާރެއް ނުކުރޭ- ސަރުކާރު

ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގައި 24 ޖުލައި 2017 ގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން މީޑިޔާއިން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެއްވެސް ވޯޓެއް ނެގުމަށް އިއްޔެ އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިނުވާނެ ކަމުގައެވެ. […]

ބޭސިކް ފޮޓޯގްރަފީ ކޯހެއް އައްޑޫގައި ފަށަނީ

އޭއޯ ނިއުސްއިން އައްޑޫސިޓީގައި ބޭސިކް ފޮޓޯގްރަފީ ކޯހެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެއްވެސް ފީއެއް ނެތި މުޅިން ހިލޭ ކިޔަވައިދޭ މި ކޯސް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ. 10 ބައިވެރިއަކަށް ފުރުސަތު ދޭ ގޮތަށް ހުޅުވާލާފައިވާ މި ކޯހުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.  ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޭއޯނިއުސްގެ ފޭސް […]

އައްޑޫގެ ނެރާއި ހާހަލުގައި ބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

އައްޑޫސިޓީގެ ނެރާއި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކައުންސިލުން އިއުލާންކޮށްފިއެވެ. ކައުންސިލުން މިދިޔަ ބުދަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 11:00އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށެވެ. އަދި   9 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 11:00އަށް […]

އީކުއޭޓަރ ވިލެޖުން މިނިވަން ދުވަހަށް ޚާއްޞަ ޕެކޭޖްތަކެއް ތައާރަފްކޮށްފި

އައްޑޫސިޓީގެ ގަމުގައި ހިންގަމުންދާ އީކުއޭޓަރ ވިލެޖުން މިނިވަން ދުވަހަށް  ޚާއްޞަކޮށްގެން 3 ޕެކޭޖެއް ތައާރަފްކޮށްފިއެވެ. 25ޖުލައި އިން 30 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދާ  މި ޕްރޮމޯޝަނުގައި 80 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރ އަދި 130ޑޮލަރުގެ ޕެކޭޖް ހިމެނެއެވެ. މި ޕެކޭޖް ތަކުގެ ތެރެއިން 80 ޑޮލަރުގެ ޕެކޭޖްގައި މަދުވެގެން 6 ގަޑި އިރަށް ރޫމެއްގައި ތިބެވޭއިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން 2 މީހަކަށް ލިބެއެވެ.  2 […]

އައްޑޫ ބާބަކިއު އޭރިއާގައި ވަސީލަތްތައް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ

އައްޑޫސިޓީ ހިތަދޫ މާކިޅި އައްސޭރިފަށުގައި ސިޓީކައުންސިލުން ހަދާފައިވާ ޕާކަށް “މާކިޅި ފިނިމައިޒާން” ސަރަހައްދުގައި ބާބެކިއު ސްޑޭންޑްތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ކައުންސިލުން މި މަހުގެ 19 ވަނަ ދުވަހު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އައްޑޫސިޓީގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ކައުންސިލުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް […]

އިންޑިޔާގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރަކު އެއިމްސް ކްލިނިކަށް

ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ ރޯނީ ޖޯޖް ، އައްޑޫސިޓީގެ ފޭދޫގައި ހިންގާ އެއިމްސް ކުލިނިކުގައި ޖުލައި 15 ވަނަ ދުވަހުން ފެށިގެން ފަރުވާ ދެއްވަވަން ފައްޓަވާނެ ކަމަށް އެއިމްސް ކުލިނިކުން ބުނެފިއެވެ. އައްޑޫގައި ރަނގަޅު ފެންވަރެއްގައި ޚިދުމަތް ދެމުން އަންނަ އެއިމްސް ކުލިނިކާ އަލަށް ގުޅިލައްވަވާ މި ޑޮކްޓަރަކީ ކުޑަކުދިންގެ ބަލިތަކަށް އިންޑިޔާގައިވެސް މަޝްހޫރު އަދި އިންޑިޔާގެ ގިނަ ހޮސްޕިޓަލް ތަކެއްގައި މަސައްކަތް ކުރައްވަވާފައިވާ  ތަޖުރިބާކާރު ޑޮކްޓަރެކެވެ. […]

އިކުއެޓޯރިއަލް އާއި ބައްދަލު ކުރި މެޗް 12 ލަނޑުން އަވައެފްޓީ މޮޅުވެއްޖެ

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރަތުގައި ކުއެޓޯރިއަލް އާއި އަވައެފްޓީ ބައްދަލުކުރި މެޗް 12 ލަނޑު 0 ލަނޑުން އަވަ އެފްޓީ މެޗް ކާމިޔާބުކޮށްފިއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރުއެވެ. އައްޑޫސިޓީއަށް ނިސްބަތްވާ އަވަ އެފްޓީ އަކީ އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ ޓީމެކެވެ. އަދި މިވަގުތު އައްޑޫސިޓީގައި އޮތް އެންމެ ވަރުގަދަ އަންހެން ފުޓުބޯޅަ ޓީމަކީވެސް އަވައެފްޓީއެވެ. މުޅިން އަލަށް އެފްއޭއެމުން […]