ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވާ އިލްތިމާސް ކޮށްފި

ރާއްޖޭގެ މޫސުން ވަރަށްބޮޑަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައިފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރައްވައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރުމަށްވެސްވަނީ އިލްތިމާސް ކުރައްވައިފައެވެ. އޭގެ އިތުރަށް ޑައިވިންގ ކުރުމާއި މޫދުގެ […]

ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުން ކުރުން ހުއްޓާލާ: ޑރ. ޚަލީލް

އިދިކޮޅު ފަރާތްތަކުން ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓާލުމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ގޮވައި ލައްވައިފިއެވެ. އޭނާ ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ އުފާފާޅުކުރަމުންދާ މިދަނޑިވަޅުގައި ކުދިން އެފަދަ ކަންކަމުން ދުރުކުރުވަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ. މި ދުވަސްވަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ މުޒާހަރާ […]

ރައީސްގެ އަރިހުގައި މިތިބީ ގައުމުދެކެ ލޯބިވާ ލީޑަރަކަށްވާތީ:އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ފަހަތްޕުޅުގައި ތިއްބަވަނީ އެމަނިކުފާނަކީ ގައުމާއި ރައްޔިތުންނާއި ދީންދެކެ ލޯބިވާ ވެރިއަކަށްވާތީ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ އެހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. “އަޅުގަނޑުމެން ރައީސް ޔާމީންގެ އަރިހުގައި ސާބިޔުވެ މިތިބީ ދީނާއި، ގައުމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ގައުމުދެކެ ލޯބިވާ ލީޑަރަކަށްވާތީ،” އޭނާގެ […]

ޕީޕީއެމްގެ ވަފުދެއް ތުލުސްދޫ ދާއިރާއަށް

ޕީޕީއެމްގެ ވަފުދެއް ތުލުސްދޫ ދާއިރާއަށް ދަތުރެއް ފަށައިފިއެވެ. އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވަނީ އެއީ ރޯދައިގެ ފަހުން އެކިދާއިރާތަކަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށެވެ. އެދަތުރު ފެށިއިރު އެދާއިރާ މީގެ ކުރިން ތަމްސީލް ކުރަމުން ގެންދެވި މުހައްމަދު ވަހީދު އިބްރާހީމްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގަވައިފައެވެ. އެހެންނަމަވެސް މިއީ އެކަމާ ގުޅިގެން ކުރާ ކެންޕޭން ދަތުރެއް […]

އިދިކޮޅުން މަސައްކަތްކުރަނީ ތަރައްގީ ހުއްޓުވަން:އަބްދުއްރަހީމް

ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމާއި ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވާ ތަރައްގީގެ މަސައްކަތް ހުއްޓުވަން ކަމަށް ޕީޕީއެމް އިންބުނެފިއެވެ. އެޕާޓީގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންނަރު އަބްދުއްރަހީމް އަބްދުﷲ ކުރައްވައިފައިވާ ޓްވީޓެއްގައ ވިދާޅުވެފައިވަނީ “ފެނިގެން މިދަނީ ގައުމާއި ރައްޔިތުންގެ ކުރިއެރުމާއި، ތަރައްގީ ހުއްޓުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް،” ކަމަށެވެ. އެފަދަ މަސައްކަތްތައް ކިތަންމެ ވަރަކަށް އިދިކޮޅުން ކުރިޔަސް ރައީސް […]

ރައްޔިތުންނަށް މަސްލަހަތު އޮތްގޮތަކީ ރައީސާއެކު ކުރިއަށް ދިޔުން: ޢަބްދުއްރަޙީމް

ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތްގޮތަކީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ކުރިއަށް ދިޔުންކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ލ.ފޮނަދޫދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނާއެކު ރައްޔިތުން ތިބެނީ ތަރައްގީއާއި ކުރިއެރުން އެދޭތީ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ ކޮންމެވެސް މަޝްރޫއެއް ނުހިންގާ އެއްވެސް އަތޮޅެއް މިހާރުރާއްޖޭގައި ނެތްކަމަށް މިހާރު ވެރިކަންކުރަމުންދާ ޕީޕީއެމްއިންވަނީ ބުނެފައެވެ. މި […]

މިހާރު ހަދަމުންދާ ބަނދަރުތަކާއި މަގުތައް އަހަރުގެ ނިޔަލަށް ނިމޭނެ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހަދަމުންދާ ބަނދަރުތަކާއި މަގުތަކުގެ މަސައްކަތް އަހަރު ނިމެންވާއިރަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ބަނދަރު ހެދުމުގެ 39 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ. އަދި މަގުހެދުމުގެ 13 މަޝްރޫއެއް ކުރިއަދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މަޝްރޫއުތަކާ ބެހޭ ތަފްސީލެއް އެމަނިކުފާނު ދެއްވައިފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެންދަވަނީ ރާއްޖެ ތަރައްގީ ކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް […]