މިނިވަންދުވަހު ދައްކަންވީ ވާހަކަ

މިކުޑަކުޑަ ގައުމަށް ސިޔާސީ މިނިވަންކަން ލިބުނުތާ ފަންސާސް ދެ އަހަރު ފުރުނީއެވެ. ދިވެހި ގައުމަށް ސިޔާސީ މިނިވަންކަން ލިބުނުފަހުން މިހާތަނަށް އެމިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ގޮސްފައެއް ނުވެއެވެ. އެކަމަކު ދިވެހިންގެ އަތުން އެކަން ފޭރިގަންނަން މަސައްކަތްކުރާ މީހުން އެބައުޅޭކަން 1988 ވަނައަހު ނޮވެމްބަރު 3 ގެ މަތިން ހަނދާން ކޮށްލުމުން ކަށަވަރުވެގެންދެއެވެ. އެފަދަ އުދުވާންތަކުން ގައުމު ސަލާމަތްވާނީ ގައުމުގެ ސަފުތައް ބަދަހިވެގެންނެވެ. ރައްޔިތުންނާއި ސަރުކާރާ އޮންނަ ގުޅުން ވަރުގަދަވެގެންނެވެ. […]

މޭކަޕް: ރީތިކޮށްދިނުމާ އެއްވަރަށް ނުރައްކާވެސް ބޮޑު

މޭކަޕް ކުރުމަކީ މީހާގެ ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް، އެއިން ތިބާއަށް ލިބޭ ގެއްލުމާމެދު ވިސްނާލީމު ހެއްޔެވެ؟ މޭކަޕަކީ ޒާތްޒާތުގެ ކެމިކަލްތައް ހިމަނައިގެން އުފައްދައިފައިވާ އެއްޗެކެވެ. މޭކަޕްގައި އެކުލެވޭ ކެމިކަލެއް ކަމުގައިވާ “ޕެރެބެން” އަކީ ބެކްޓީރިއާ އުފެދުން ހުއްޓުވައިދޭ މާއްދާއެކެވެ. އެހެންނަމަވެސް ހިތާމައަކީ އެ ކެމިކަލަކީ ކެންސްރަށް މަގުފަހި ކޮށްދޭ އެއްޗަކަށްވާކަމެވެ. އޭގެ އިތުރަށް ދުވަހުގެ މޭކަޕް އެއާ ނުލައި ފުރިހަމަނުވާ މަސްކަރާގައި ކިޑްނީއާއި ނޭވާލުމުގެ ނިޒާމަށް ގެއްލުންދޭ […]

ޝާއްޕެގެ 4 ލަނޑާއެކު އޭޓީ މޮޅުވެއްޖެ

މިނިވަންކަޕް2017′ ގައި ރޭ ކުޅުނު ދެވަނަ މެޗު އޭޓީ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު އޭޓީ އިން ކާމިޔާބުކުރީ ހުޅުދޫ ޔޫތު އާއި ބައްދަލުކޮށް 6 ލަނޑު 3 ލަނޑުންނެވެ. މި މެޗުގެ ތިންވަނަ މިނިޓްގައި އޭޓީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީއަބްދުއްﷲ ޝާފިއު(ޝާއްޕެ)އެވެ. މި ލަނޑާއެކު ހުޅުދޫ ޔޫތުއިންވެސް ވަނީ އޭޓީގެ ޑިފެންސް […]

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންނަރުން އެމެންބަރަކު ނިސްބަތްވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ސޮއިކޮށްފި ކަމަށްވާނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައި ހުކުމް އިއްވައިފިއެވެ. ސްޕްރޯމް ކޯޓުން މިގޮތަށް ހުކުމް ކުރެއްވީ އެއް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ސްޕްރީމް ކޯޓުގެ […]

އީކުއޭޓަރވިލެޖުން އެންމެނަށް ހިނިތުންވުން

މަލަރީތި އައްޑޫގެ ނަލަފެހި ކަމުގެތެރެއިން އީކުއޭޓަރ ވިލެޖު މިހާރު ފެންނަނީ ތަފާތު ގޮތަކަށެވެ. އައްޑޫގެ ހިތްގައިމު ޖައްވަށް އޮޅުވެފައިވާ ދޮންދީނިތައް އިއްވާ ހިތްގައިމު ރާގުތަކުން މުއްސަނދިވެފައިވާ އައްޑޫސިޓީއަށް ޒިޔާރަތްކުރާ ދޭސީންނާއި ބިދޭސީންގެ އެންމެ ރަހުމަތްތެރި “ގެއަކީ” އީކުއޭޓަރވިލެޖެވެ. އެތަނަށްގޮސް ފުރަތަމަ ބައްދަލުކުރަންޖެހޭ ރިސެޕްޝަނިސްޓުންގެ ހިނިތުންވުމުން ގެސްޓުމީހާގެ ހާސްކަން ފިލުވައިދެއެވެ. ކޮޓަރި ދައްކަންދާ މީހާގެ ހިތްހެޔޮ ބަސްތަކުން ބީރައްޓެހިކަން ފިލައިދެއެވެ. މޮޅެތި ޝެފުން ހެޔޮވަރުކޮށްލާ މީރު ރަހަތަކުން ތަނާމެދު ޝައުގުވެރިކަން އިތުރުކޮށްލައެވެ. […]

އޭއޯ ނިއުސްގެ މަދަހަ މުބާރާތް މިއަދު ފަށާނެ

އޭއޯ ނިއުސްގެ 3 ވަނަ މަދަހަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ޝަމްސުއްދީން ސްކޫލުގައި އޮންނާނެއެވެ. މިއަދު ހަވީރު ހަތަރެއްޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި،ހުޅުދޫ މީދޫ ކުދިންގެ މަދަހަ ކިޔުން މިއަދާއި މިރޭ ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 7 އަހަރުން ދަށުގެ ކުދިންނާއި 13 އަހަރުން ދަށުގެ ކުދިންގެ މަދަހަ ކިޔުން އޮންނާއެވެ. އަދި މިރޭ 20:00އިން ފެށިގެން  13 އަހަރުން ދަށުގެ […]

رمضان މަހުގެ ފަހުދިހައިގެ މާތްކަން

مأمون عبدالقيوم /بركات ތެރި رمضان މަސް ފާއިތުވަމުން ގޮސް މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، އެމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ سبحانه وتعالى ކީރިތި قرآن ބާވައިލައްވަން ފެށްޓެވީ، رمضان މަހުގެ ފަހުދިހައިގެ ރޭތަކުގެތެރެއިން ރެއެއްގައިކަމަށް ގިނަ علم ވެރިން ވިދާޅުވެފައިވެއެވެ. ކީރިތި قرآن ބާވައިލައްވަން ފެށްޓެވި ރެޔަކީ، ليلة القدر ވިލޭރޭކަމަށާއި އެރެޔަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއް ކަމަށް […]