English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ބާއްވަމުން ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ފުރަތަމަ މެޗު އެފްސީ ބޭރުމަތި ބަލިކޮށް މޯލްޑިވިއަން އިން ކުއާޓަފައިނަލަށް ދަތުރު ކޮށްފިއެވެ. އެޓީމުން އެފްސީ ބޭރުމަތި ބަލިކޮށްފައިވަނީ 0-3 ލަނޑުންނެވެ. އެ ޓީމް ކުއާޓަރއަށް ދަތުރުކުރީ ހަތް ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ބޭރުމަތިއެވެ. ބާކީ އަދި އެއް މެޗު އޮއްވާ ގްރޫޕްގައި ދެން ހިމެނޭ ފްރެންޑްސް ކްލަބާއި އެފްސީ ޒެފިއާ ވަނީ މުބާރާތުން ކަޓާފައެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ މޯލްޑިވިއަން ޓީމުގެ އަފްޒަލްއެވެ. މި މުބާރާތުގެ ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސާ އަކަށް ވިލާ ކޮލެޖުގެ އިތުރުން ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.