English Edition
Dhivehi Edition
ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ

500 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ބޯޓު ގެެއްލުނީ މެޑިޓަރޭނިއަން ކަނޑުން ކަމަށާއި ގެއްލުނު މި ބޯޓުގައި މާބަނޑު އަންހެނުންނާއި ވަރަށް ތުއްތު ކުދިން ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ލީބިޔާގެ ބަނދަރު ބެންގާޒީގެ އުތުރުން ގާތްގަނޑަކަށް 320 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދުގައި އެ ބޯޓު އޮޔާ ދިޔަ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދޭ ކަމަށެވެ. އަދި މޯލްޓާ އާއި އިޓަލީގެ ދެކުނުގެ ރަށެއް ކަމަށްވާ ސިސިލީއާ 400 ކިލޯމީޓަރު ދުރުގައި ބޯޓު އޮތް ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

އެ ބޯޓު ހޯދުމުގެ މަސައްކަތް ކަމާއިބެހޭ އިރާދާތައް ގުޅިގެން ކުރަމުން އައިނަމަވެސް މިހާތަނަށް އެ ބޯޓުގެ އެއްވެސް ޚަބަރެއް ލިބިފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެ ބޯޓުގައި ތިބި މީހުން އެހެން އުޅަނދަކުން ސަލާމަތްކޮށްފައިވުން ވެސް އެކަށިެގން ވެއެވެ. ނޫންނަމަ އިންޖީނު މަރާމާތުކޮށް ސިސިލީއާ ދިމާލަށް ދަތުރު ކުރަމުން ދިޔުން ވެސް އެކަށީގެންވާ ކަމަށް ބުނެއެވެ.