ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވާ އިލްތިމާސް ކޮށްފި

ރާއްޖޭގެ މޫސުން ވަރަށްބޮޑަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައިފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރައްވައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރުމަށްވެސްވަނީ އިލްތިމާސް ކުރައްވައިފައެވެ. އޭގެ އިތުރަށް ޑައިވިންގ ކުރުމާއި މޫދުގެ […]

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަމީހަކު ފެނިއްޖެ

މާލެ އަތޮޅު މާފުށިން ފުރައިގެން މާލެއަށް ދާންފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފަށް އެންގުމުން އެމްއެންޑީއެފްއިން އެ ޑިންގީއާއި މީހާ ހޯދައިފިއެވެ. މާލެ ދިޔުމަށް އެމީހާ ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓުގާޑަށް އެކަން އަންގާފައިވަނީ މިއަދު ހަވީރު 3:03 އެހައިކަންހާއިރުއެވެ. އެ ޚަބަރު ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެމީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހަވީރު 4:59 އެހައިކަންހާއިރު މާލެ އާއި […]

މިރެއާއި މާދަމާރޭވެސް ބޮޑުބަޔަކަށް ވިއްސާރަކުރާނެ:މެޓު

މިރެއާއި މާދަމާރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ )މެޓް އޮފީސް) އިން ހާމަކުރައްވައިފިއެވެ. އެއިދާރާއިން ވިދާޅުވެފައިވަނީ މިރޭ 8:00 އިން މާދަމާރޭގެ 8:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނެ ކަމަށްވެސް މެޓް އޮފީހުންވަނީ ހާމަކުރައްވައިފައެވެ. […]

ކުރީގެ ވެރިންނަށް ރައްޔިތުން މިހާރު އިޖާބައެއް ނުދޭ: ޕީޕީއެމް

އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު ތިއްބެވީ ފާއިތުވި 35 އަހަރުތެރޭ ގައުމު ހިންގެވުމަށް އެންމެ އިސްކޮށް ތިއްބެވި ވެރިން ކަމަށްވިޔަސް އެބޭފުޅުންނަށް ރައްޔިތުން މިހާރު އިޖާބަ ނުދޭ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިވަންދުވަހުގެ ރަސްމީ ކުޅިވަރުތައް ބެއްލެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް މުޒާހަރާ ކުރުމަށް އިދިކޮޅުފަރާތްތަކުން “ހަވަރު” އެއްކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް […]

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުވެސް ޔާމީން ކާމިޔާބު ކުރައްވާނެ:މޫސަ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވާރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ. ވަރަށް ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި މޫސާމަނިކު ސަންޓީވީގައި ވާހަކަ ދައްކަވަމުން ވިދަޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަކީ އިދުކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މޫސަ ވިދާޅުވީ ރައީސް ޔާމީނަށް ވޯޓުދެއްވައިގެން […]

ސިޔާސީ ގޮތުން ބަލިވެފައިވަނީ ގައުމުގެ ހަމަޖެހުން ނަގާލާ މީހުން:އަބްދުއްރަހީމް

ރާއްޖޭގައި ސިޔާސީ މައިދާނުގައި މިހާރު ބަލިވެފައިވަނީ ގައުމު އިސްލާހު ކުރުމުގެ ނަމުގައި ޣައިރުގާނޫނީ އަމަލު ހިންގަމުން ގެންދާ މީހުން ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ގައުމު އިސްލާހު ކުރުމުގެ ނަމުގައި ގައުމުގެ ހަމަޖެހުން ނަގާލަން ޣައިރުގާނޫނީ އަމަލުތައް ހިންގަމުން މިއަދު އެގެންދަނީ ސިޔާސީ ގޮތުން ބަލިވި މީހުން” ކަމަށެވެ. ބެލެވޭ ގޮތުގައި އަބްދުރައްހީމް […]

ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުން ކުރުން ހުއްޓާލާ: ޑރ. ޚަލީލް

އިދިކޮޅު ފަރާތްތަކުން ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓާލުމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ގޮވައި ލައްވައިފިއެވެ. އޭނާ ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ އުފާފާޅުކުރަމުންދާ މިދަނޑިވަޅުގައި ކުދިން އެފަދަ ކަންކަމުން ދުރުކުރުވަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ. މި ދުވަސްވަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ މުޒާހަރާ […]