English Edition
Dhivehi Edition

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަށް ބައްޕަ ކަރަންޓީން ކުރުމުން އޭނާގެ 16 އަހަރުގެ ދަރިފުޅު ބަލާނެ އިތުރު މީހެއް ނެތި ސަރުކާރުގެ ހަވާލުގައި ބަލަމުން ދަނިކޮށް ކުއްޖާ މަރުވި މައްސަލަ ބަލަން ނިންމައިފި އެވެ.

ޔަން ޗެންގް ނަމަކަށް ކިޔާ 16 އަހަރުގެ އެ ކުއްޖާ އަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެ ކުއްޖާގެ ބައްޕަ އާއި ބޭބެ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރިތާ ހަފްތާއެއް ފަހުން ކުއްޖާ ވަނީ މަރުވެފައި އެވެ. މިމައްސަލާއި ގުޅޭގޮތުން ނެރެފައިވާ ބައެއް ރިޕޯޓުތަކުގައި ބުނެފައިވާގޮތުން ބައްޕަ ކަރަންޓީން ކޮށްފައިވާ މުއްދަތުގައި ކުއްޖާއަށް ކާންދީފައި ވަނީ ދުވާލަކު 2 ފަހަރުއެވެ.

ޚާއްސަ އެހީއެއް ބޭނުންވާ 16 އަހަރުގެ މި ކުއްޖާ މަރުވުމާއި ގުޅިގެން ހުއަޖިއާ ޓައުންގެ މޭޔަރާއި އެ ޓައުނުގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ކުޑަ ކުއްޖާގެ އާއިލާ ދިރިއުޅެނީ ޗައިނާގައި އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރިފައިވާ ހުބޭއި ޕްރޮވިންސުގައި އެވެ. ދަރިފުޅު މަރުވުމުގެ ކުރީން ބައްޕަ ސޯޝަލް މީޑިޔާ މެދުވެރިކޮށް ދަރިފުޅަށް ފެނާއި ކާއެއްޗިހި ނުލިބޭކަމަށް ވަނީ ބުނެފައެވެ.