English Edition
Dhivehi Edition

ރާއްޖޭގައި ޑްރޯން ދުއްވުން ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ޑްރޯން ދުއްވުން ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ، ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ކުންފުނި ލެޓްސް ގޯ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ކައުންޓަރ ޑްރޯން ކޮންފަރެންސްގެ ތެރެއިންނެވެ.

ލެޓްސް ގޯ މޯލްޑިވްސް އިން ބުނެފައި ވަނީ ކޮންސިއުމަރ ޑްރޯން ރާއްޖޭގައި ގެންގުޅޭގޮތުން ބައެއް ފަތުރުވެރިންނަށް އުނދަގޫތަކާއި ދަނީކުރުމަތި ވަމުން އަންނަކަމަށާއި ރާއްޖެއަކީ މަޝްހޫރު ތަރިންނާއި، ހައި ޕްރޮފައިލް މީހުންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ވާއިރު، ވޭތުވެދިޔަތަނުގައި އެފަދަ ޑްރޯންތައް ބޭނުންކޮށްގެން އެ ފަރާތްތަކުގެ ހައްޤުތަކަށް އަރައިގެންފައިވާކަމަށެވެ.

ކޮންފަރެންސްގެ ތެރެއިން މިކަންކަން ހައްލުކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަމަށް ލެޓްސް ގޯ މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. ރައްކާތެރިގޮތުގައި ރާއްޖޭގައި ޑްރޯން ގެންގުޅުމުގެ އުސޫލެއް ޤާއިމުކުރުމާއި ގުޅޭގޮތުން އެ ކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރިޔަށް ގެންދިޔަ ކައުންޓަރ ޑްރޯން ކޮންފަރެންސްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.