English Edition
Dhivehi Edition
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ފަޔާޒް މުސާ (ސަން)

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް ދިރާގާއި އުރީދޫ މޯލްޑިވްސް އާއި ސްރީލަންކާގެ ޑައިލޮގް އެޒިއޭޓާ އާއި ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެކަމަށް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން މަރުހަބާ ކިޔައިފި އެވެ.

މިއަދު ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލެއް އެޅިގެން ދިއުމުގެ ސަބަބުން ރާއްޖޭގައި އެޅިފައިވާ ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުވެ، އެކަމުގެ މަންފާ މުވާސަލާތީ ދާއިރާއަށް ކުރާނެކަމަށެވެ.

ރާއްޖޭގެ މުއާސަލާތީ ދާއިރާ ކުރިއެރުމަށްޓަކައި ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ޓެލެކޮން ކުންފުނިތަކުން ކުރާ މަސައްކަތަކީ، އަދި ހާއްސަކޮށް އިންފްރާސްރަކްޗާ ޤާއިމުކުރުމަށް ކުރާ މަސައްކަތަކީ މިނިސްޓްރީން ފާހަގަ ކުރާ މަސައްކަތެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

“ދުނިޔެއަށް އީޖާދު ކުރެވޭ އެންމެ ފަހުގެ ޓެކްނޯލޮޖީ ހަލުވި މިނުގައި ރާއްޖެއަށް ތައާރަފްކުރުމަށް ކުރެވޭ މަސައްކަތަކީވެސް ބައިނަލްއަޤުވާމީ ވާދަވެރިކަމުގައި ދުނިޔެއަށް މި އަންނަ ޑިޖިޓަލް އިންގިލާބުގައި ރާއްޖެ ވާދަކުރުމަށް އެޅޭ ވަރަށް މުހިއްމު ބާރެކެވެ.” މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މުޅިދުނިޔެވެސް މުވާސަލާތީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ދަނޑިވަޅެއްގައި، މިފަދަ އިތުރު ކޭބަލްތަކެއް އައުމަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ދިވެހިރާއްހޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް