ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ސޮއިކުރި ޕީޕީއެމްގެ މެންބަރުން އެ ސޮއި އަނބުރައި ގެންދިޔުމަށް އެޕާޓީން އަންގައިފިއެވެ.

އެ ގަރާރުގައި ސޮއިކުރި ޕީޕީއެމްގެ މެންބަރުންނަށް އެކަން އެންގެވީ އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އިގްބާލް އާދަމް ސޮއިކުރައްވައިއި އެމެންބަރުންނަށް ފޮނުވި ސިޓީންނެވެ.

އެސިޓީގގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިހުރެ އެގަރާރުގައި ސޮއިކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ ހ އާއި ށ އާއި، ޕާލިމަންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން މިރޭ 12:00 ގެ ކުރިން އެ ސޮއި ނެގުމަށް ފަހު އެކަން ޕީޕީއެމަށް އެންގުމަށް އެސިޓީގައި އެދިފައިވެއެވެ.

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ގަރާރުގައި ޖުމްލަ 45 މެންބަރުން ސޮއިކޮށްފައިވެއެވެ. އޭގެ ތެރެއިން 10 މެންބަރުންނަކީ ޕީޕީއަށް ނިސްބަތްވާ މީހުންނެވެ. އެ މެންބަރުން މިހާރުވަނީ ޕާޓީން ވަކިކޮށްދިނުމަށް އެދި ހުށަހަޅައިފައެވެ. އެހެންނަމަވެސް އެމެންބަރުންނާ ގުޅޭ ގޮތުން ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލައި ނުނިމޭތީ ވަކިކުރެވެންނެތް ކަމަށް ޕީޕީއެމްއިންވަނީ އަންގައިފައެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment