English Edition
Dhivehi Edition

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށް ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.

މިގޮތަށް އެންގެވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކްރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރަމުންދާތީއެވެ.ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޓްރެވެލްއެޑްވައިޒަރީ އެއްވެސް ނެރުއްވާފައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ ދަށުން މިރޭ 00:00 އިން ފެށިގެން ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ. އޭގެތެރޭގައި ޗައިނާގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނޭނެކަމަށާއި، ޓްރާންސިޓް ފްލައިޓަކުންވެސް، ސީދާ ރާއްޖެ އެތެރެ ނުވެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ލޮޅުން އަރާނެ ކަމަކަށް ވީނަމަވެސް ސަރުކާރުގެ އެއްމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ރައްކާތެރި ކުރުމެވެ.