އައްޑޫ ސިޓީ ހިތަދޫގައި ރޭ ތިންކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދަށް 15 ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ޖަހައިދީފިއެވެ.

ތިންކާރުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. ރޭ 12 ގެ ފަހުން ހިންގި މިހާދިސާގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން ގެންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ތިންކާރުގައިވެސް ރޯކޮށްފައިވަނީ އިންޖީނުބައިގައެވެ. އޭގެ ތެރެއިން އެއްކާރަކަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު އަލީ ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އަނެއް ދެކާރަށް ގެއްލުވި ކަމަށް ވިދާޅުވިއެވެ. ރޭ ކާރުތަކުގައި ރޯކޮށްލި އަލިފާން ނިއްވާލީ ފުލުހުންނާއި އާންމުންނެވެ.

ހިތަދޫގައި މިހާރުވަނީ ކާރުތަކުގައި ރޯކުރުމުގެ ސިލްސިލާއެއް ފެށިފައި ކަމަށް ކޮމާންޑަރ އަލީ ޝަރީފް ވިދާޅުވިއެވެ.

VN:F [1.9.22_1171]
Rating: 1.0/10 (1 vote cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)
ރޭ ކާރުތަކެއްގައި ރޯކޮށްލި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި, 1.0 out of 10 based on 1 rating

Comment