މީހުން މާބޮޑަށް ފަލަވުމުން ހިކެން ތަފާތު ކަސްރަތު ކުރެއެވެ. ކެއުމުގައި ވަކި ހަމަތަކެއް ގެންގުޅެން ފަށައެވެ. ނަމަވެސް މިފަހަރު މި އޮތީ މުޅިން ތަފާތު ވާހަކެއެވެ. ބުޅަލެއް މާ ބޮޑަށް ‘ފަލަ’ ވުމުން ފަތަން ގެންދަން ފެށި ވާހަކައެވެ.

މިޝާ ނަމަކަށް ކިޔާ މި ބުޅަލުގެ ބަރުދަން އެވައްތަރުގެ އާދައިގެ ބުޅަލަށްވުރެ ދެގުނަ ބަރެވެ. މި ގޮތަށް ދިމާވެފައި ވަނީ މިޝާ ކުރިން ގެންގުޅުނު ފަރާތް އެއަށް މާގިނައިން ކާން ދިނުމުންނެވެ.

ނުވަ އަހަރުގެ މި ބުޅާ ސަލާމަތް ކޮށްފައިވަނީ އެ ބުޅާ ކުރިން ގެންގުޅުނު ފަރާތުން އެ ބުޅަލަށް އެކަށީގެން ވާވަރަށް އަޅާނުލައި މާ ގިނައިން ކާންދީ ހަދަމުން ދަނިކޮށް ޖަނަވާރުތައް ހިމާޔަތް ކުރާ ސެންޓަރަކުންނެވެ. މިޝާގެ ވެރި ފަރާތުން ސެންޓަރަށް ގުޅީ މާ ބޮޑަށް މިޝާ ފަލަވެފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ސެންޓަރުން ދިޔައިރު ހީކުރި ވަރަށް ވުރެ ކަން އޮތީ ގޯސްވެފައެވެ.

އެސެންޓަރުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިޝާ ފަތަން ގެންދަނީ މާ ބޮޑަށް ބަރުދަން އިތުރުވުމުން އޭގެ ސިއްޙަތަށްވެސް ނުރައްކާ ވެދާނެތީ ކަމަށެވެ. އަދި މާ ބޮޑަށް ފަލަވުމުން ހެލިފެލިވެ އުޅުމަށް ވެސް މިޝާއަށް ވަނީ ދަތިވެފައެވެ. އެމީހުންގެ އަމާޒަކީ ބުޅަލުގެ ބަރުދަން ދެބައިކުޅަ އެއްބަޔަށް ލުއިކުރުމެވެ.

މިޝާ ބަރުދަން ލުއި ވަންދެން އޭނާބަލަމުންގެންދާ ލިއޭން، 44 ބުނެފައިވަވަނީ އެހެން ބުޅާތަކާ ހިލާފަށް މިޝާ އެހާ ފެނާއި ދުރު ނޫންކަމަށެވެ. ހަފްތާއަކު 20 މިނެޓްގެ ދެ ސެޝަން މިޝާ ފެތުމުގައި ހޭދަ ކުރެއެވެ. ލިއޭން ބުނި ގޮތުގައި ފުރަތަމަ ފަތަން މިޝާ ގެންދިޔަ އިރު މިޝާ އަމަލު ކުރާނެ ގޮތެއް އެމީހުންނަށް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް މިޝާ ފެތުމާ ވަރަށް ގަޔާވާކަން ފަތަން ގެންދިއުމުން އެންގިފައި ވާކަމަށެވެ. އަދި މިހާރު ކުރިއެރުން ފެންނަމުންދާ ކަމަށްވެސް ލިއޭން ބުންޏެވެ.

މިޝާ އަށް މިހާރު ކާންދެނީ ޚާއްސަ ބިސްކޯދުތަކެކެވެ. އެއީ ކޮންމެ ދުވަހަކުވެސް ވަކި މިންވަރެއް ކަންޑައެޅުމަށް ފަހު ދޭ އެއްޗެކެވެ. ސެންޓަރުގައި މަސައްކަތްކުރާ އެމީ ޝޮރޮކް ބުނެފައި ވަނީ މިޝާ އަށް މިހާރު ދޭ ތެރެޕީގެ ފައިދާ ފެންނަމުންދާ ކަމަށެވެ. މިހާތަނަށް 2 ކިލޯ ލުއި ކޮށްފައިވާ ކަމަށާއި ދެން ލުއި ކުރަން ޖެހޭނީ 4 ކިލޯ ކަމަށް ވެސް އެމީ ފާހަގަ ކުރިއެވެ.

މީޝާ ސެންޓަރަށް ގެނައިއިރު އަބަދުވެސް ޕެއިންކިލާސް ދޭ ޖޭހޭއެވެ. އަދި އެހާ ބޮޑަށް ހެލިފެލިވެ ނުއުޅެވެއެވެ. މިހާރު ކޮންމެވެސް ވަރަކަށް ކުޅެން އުޅޭ ކަމަށް ސެންޓަރުން ބުނެއެއެވެ. އަދި ބަރުވުމުން ހުޅުތަކަށް ކުރާބާރު މިހާރު ކުޑަވެފައިވާކަމަށް ސެންޓަރުން ބުންޏެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment