މިނިވަން ކަޕް 2017 ގައި މިރޭ ކުޅުނު ފުރަތަމަ މެޗު މަންތަރަ އެފްސީ އިން ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި މިރޭ ކުޅެވުނު މެޗު މަންތަރައިން ކާމިޔާބުކުރީ ހުޅުދޫ ޔޫތުއާއި ބައްދަލުކޮށް 5 ލަނޑު 2 ލަނޑުންނެވެ.

މަންތަރަ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އެއްވަނަ މިނިޓްގައި އަލީ ޝިފާއު(ރޮނާ) ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ހުޅުދޫ ޔޫތުގެ ގޯލަށް އަމާޒުކޮށް މަންތަރައިން ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު ގޯލުކީޕަރުވަނީ ފޮނުވި ހަމަލާތައް ދިފާއުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ އެކާވީސްވަނަ މިނިޓްގައި ރޮނާ ކާމިޔާބުކޮށްދިން ދެވަނަ ގޯލާއެކު މަންތަރަ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެހެން ނަމަވެސް ރޮނާގެ ގޯލާއެކު މަންތަރަ އެފްސީ ގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ހިލޭ ޖެހުން ގޯލަށް އަމާޒުކޮށް އަބްދުއްﷲ ވާހިދުވަނީ ހުޅުދޫ ޔޫތަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ތިރީސް ހަތަރުވަނަ މިނިޓްގައި ރޮނާ ޖެހި ލަނޑާއެކު ހުޅުދޫ ޔޫތުއިން ވަނީ މަންތަރަ ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ

ހުޅުދޫ ޔޫތުގެ ހަމްދާނު(ޑެމޯ)ގެ ފަރާތުން ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ޑެމޯ ވަނީ މެޗުގެ ބާވީސް ވަނަ މިނިޓްގައި މަންތަރައިން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލަ ގޯލަށް ވަނަ ނުދީ ބޭރުކޮށްލާފައެވެ. މި މެޗުގައި ހުޅުދޫ ޔޫތުއިން ޖެހި 2ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެމޯއެވެ.

މަންތަރަ އެފްސީއަށް މެޗުގެ ތިރީސް އަށްވަނަ މިނިޓްގައި ސަމީނު އިތުރު ގޯލެއް ކާމިޔާބުކޮށްދީފައިވާއިރު މެޗު ނިމެން އެއް މިނިޓަށް ވެފައިވަނިކޮށް މުހައްމަދު ލިޔާހު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތަރައެފްސީއަށް ތިން ލަނޑު ކާމިޔާބުކޮށްދިން ރޮނާއެވެ

 

VN:F [1.9.22_1171]
Rating: 9.0/10 (1 vote cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)
ރޮނާގެ ހެޓްރިކާއި އެކު މަންތަރަ އެފްސީ މޮޅުވެއްޖެ, 9.0 out of 10 based on 1 rating

Comment