ބޮލީވުޑުގެ ތަރިންނާއި، ބެލުންތެރިން ކޮންމެ އަހަރަކުވެސް އެންމެ އިންތިޒާރުކުރާ ބޮލީވުޑްގެ އެންމެބޮޑު އަދި އެންމެ މަގުބޫލު ހަފްލާ ކަމަށްވާ އައިފާ އެވޯޑްސް ރޭ ވަނީ ނިމިގެންގޮސްފައެވެ.

މިއަހަރުގެ މި ހަފްލާގައި ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންވަނީ ބައިވެރި ވެފައެވެ. މިއީ 18 ވަނަ އައިފާ އެވޯޑްސް ހަފްލާއެވެ. މި ހަފްލާ ބޭއްވީ އެމެރިކާގެ ނިއު ޔޯކް، މެޓްލައިފް ސްޓޭޑިއަމް ގައެވެ. މި އަހަރުގެ ކުލަގަދަ ހަފްލާ ހުށައަޅައދިނީ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީޚާނާއި، މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރެވެ.

މިހަފްލާގައި ފާހަގަ ކޮށްލެވޭ އެވޯޑްތަކަށް ބަލާއިރު، އަހަރުގެ އެންމެ މޮޅު ފިލްމް ލިބިފައިވަނީ ‘ނީރްޖާ’އަށެވެ. އަހަރުގެ އެންމެމޮޅު ބަޠަލުގެ އެވޯޑު ހާސިލް ކޮށްފައިވަނީ ‘އުޅްތާ ޕަންޖާބް’ އިން ޝާހިދް ކަޕޫރެވެ. އެންމެމޮޅު ބަޠަލާ އަކަށްހޮވިފައިވަނީ ހަމަ އެފިލްމުގެ ބަޠަލާ އާލިއާ ބަޓެވެ. އެންމެ މޮޅު ޑައިރެކްޓަރގެ އެވޯޑު ހާސިލް ކޮށްފައިވަނީ ‘ޕިންކް’ ފިލްމް ޑައިރެކްޓް ކޮށްގެން އަނިރުއްދާ ރޯއި ޗޯދަރީއެވެ.

މިއަހަރު އެހެނިހެން އެވޯޑް ތަކަށް ބަލައިލާއިރު:

– އެންމެ މޮޅު ސަޕޯޓިން އެކްޓަރ: އަނުޕަމް ކޭރ ( އެމް އެސް ދޯނީ: ދި އަން ޓޯލްޑް )
– އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޝަބާނާ އަޒްމީ ( ނީރްޖާ )
– ހެއްވާ ބައިން އެންމެ މޮޅު އެކްޓަރ: ވަރުން ދަވަން ( ޑިޝޫމް )
– އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރ : ދިލްޖިތު ޑޮސަންޖު ( އުޅްތާ ޕަންޖާބް )
– އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓްރެސް: ދީޝާ ޕަޓާނީ (އެމް އެސް ދޯނީ: ދި އަން ޓޯލްޑް )
– ނުބައިބައި ރޯލުން އެންމެމޮޅު އެކްޓަރ : ޖިމް ސަރްބް ( ނީރްޖާ )
– އަހަރުގެ އަންހެނާ : ތާޕްސީ ޕައްނޫ
– އެންމެ މޮޅު މިއުޒިކް ޑިރެކްޓަރ: ޕްރީތަމް ( އޭ ދިލް ހޭ މުޝްކިލް )
– އެންމެ މޮޅު ލިރިކްސް : އަމީތާބު ބައްޓަޗާރިޔާ ( ޗަންނާ މޭރެޔާ – އޭ ދިލްހޭ މުޝްކިލް )
– އަހަރުގެ ސްޓައިލް އައިކަން : އާލިއާ ބަޓް
– އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގަރ: ކަނިކާ ކަޕޫރު (އުޅުތާ ޕަންޖާބް) އަދި ތުލްސީ ކުމާރު (އެއާލިފްޓް)
– އެންމެ މޮޅު ފިރހެން ޕްލޭބެކް ސިންގަރ: އަމިތު މިޝްރާ ( އޭ ދިލް ހޭ މުޝްކިލް )

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment