ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

މި ވަގުތު ގާސިމްއަށް ފަރުވާދެމުން ދަނީ މެޑިކާ ހޮސްޕިޓަލްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި އެވެ. ސަމީރު ވިދާޅުވީ ކާރުކޮޅުގައި ބަންޑާރަ މިސްކިތް ކައިރިން ވަޑައިގަންނަވަނިކޮށް ނޭވާ ހާސްވާގޮތްވެ، ދާހިއްލައި ހޮޑުލަވައިގަތީ ކަމަށެވެ. މިހާރު ގާސިމް އޮންނެވީ އޮބްޒަވޭޝަންގައި ކަމަށައި އަދި ވަކިއެއްޗެއް ވިދާޅުވާން ނޭގޭ ކަމުގައެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެއް މިއަދު މެންދުރު 2:00 އަށް ތާވަލްކޮށްފައިވަނިކޮށް، ގާސިމްގެ ބަލި ހާލަތު ތަން ނުދޭތީ މިއަދުގެ ޝަރީއަތްވަނީ ކެންސަލްކޮށްފައެވެ.

ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment