English Edition
Dhivehi Edition
ފޭދޫ ވޯޓު ފޮށި ކައިރީގައި އޮފިޝަލުން ހަރަކާތްތެރިވަނީ/ފޮޓޯ އޭއޯނިއުސްއިން ޒީން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލްކެޝަން ކޮމިޝަނުން ފުރުޞަތު ހުޅުވާލައިފިއެވެ.

މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 04 އެޕްރީލް 2020 ވާ ހޮނިހިރު ދުވަހުއެވެ.

އިލްކެޝަން ކޮމިޝަނުން މިކަމަށް ކޮށްފައިވާ ޢިއުލާނުގައިވާ ގޮތުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ، ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 15:00އެވެ. އެޕްލިކޭޝަން ފޯރމް ރަށްރަށުގެ ކައުންސިލް އޮފީސްތަކުންނާއި އިލެކެޝަން ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އަދި މީގެ އިތުރަށް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެޕްލިކޭޝަން ފުރިހަމަކޮށް އަދި އެބޭފުޅުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަ ނުކުރާފަރާތްތަކަށް އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރި ނުވެވޭނެއެވެ. މިތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރާފަރާތްތަކަށް-/300ރ ގެ އެލަވަންސެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

އަދި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ހުރިހާ އޮފިޝަލުންނަށްވެސް އެލަވަންސް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ވޯޓްލާ މަރުކަޒުގައި ތިއްބަވާ އޮފިޝަލުން ވޯޓް ގުނުމުގައި ޙަރަކާތްތެރި ނުވާނެ ކަމަށް އިލެކްޝަނުން ވަނީ ހާމަކޮށްފައެވެ. ވޯޓުގުނުމުގައި ޙަރަކާތްތެރި ވާނީ އެކަމަށް ހަމަޖައްސާފައިވާ އޮފިޝަލުންނެވެ.

 

1 ކޮމެންޓް
Minni
ފެބުރުއަރީ 2, 2020
Varah furihama liyumeh. Vote lun othee 4April 2020 ga application hushahelhun ves April 2020ga.salhi kameh