އައްޑޫ ސިޓީ ހުޅުދޫ ފުޓްސެލް ދަނޑުގައި ރޭ ފެށިގެން ދިޔަ ‘މިނިވަންކަޕް 2017’ ގެ ފުރަތަމަ މެޗު މަންތަރަ އެފްސީ އިން ކާމިޔާބުކޮށްފިއެވެ. މަންތަރަ އެފްސީ އިން މި މެޗު ކާމިޔާބުކުރީ ފްރެންޑްސް ކްލަބާއި ބައްދަލުކޮށް 5 ލަނޑު 3 ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މަންތަރައަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނެލްޓީއަކުން އެ ޓިމުގެ އަލީ ޝިފާއު(ރޮނާ)އެވެ. މެޗުގެ ދެވަނަ މިނިޓްގައި މަންތަރައިން ކާމިޔާބުކުރި ލަނޑާއެކު ފްރެންޑްސް ކްލަބުންވަނީ މެޗުގެ ކުޅުން ރަގަޅުކޮށް ނަތިޖާ ބަދަލުކޮށްލުމަށް މަސައްކަތްކޮށްފައެވެ. މި ގޮތުން ފްރެންޑްސް ކްލަބްްގެ ތަލްމީޒު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފްރެންޑްސް ކްލަބުގެ މުހައްމަދު ތަލްމީޒު ޖެހި ދެވަނަ ގޯލާއެކު އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މަންތަރަ އެފްސީއިން ފްރެންޑްސް ކްލަބުގެ ޑިފެންސްލައިނަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާ އިރު އެ ޓީމުގެ ލިޔާހު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރޭގެ މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާއި މެދު ފްރެންޑްސް ކްލަބްއިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު އެ ޓީމަށް ކާމިޔާބުކުރެވުނު ތިން ވަނަ ލަނޑަކީ ލިބުނު ޕެނެލްޓީއަކުން މިފްޒާލު ލަތީފު ކާމިޔާބުކޮށް ދިން ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ލިޔާހުގެ އިތުރު ލަނޑަކާއެމު މެޗުގެ ނަތީޖާ 3/3 ގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބިފައެވެ. ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގައި މަންތަރަ އެފްސީއަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީ، މެޗުގެ ނަތީޖާ ބަދަލުކޮށްލީ ލިޔާހު އެވެ. ރޭގެ މެޗުގައި ފްރޭންޑްސް ކްލަބުގެ 4 ނަންބަރު ހުސެއިން އައްސަދު އަށް ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުން އޭނާ އަށް ވަނީ ރީދޫ ކާޑެއް ދައްކާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތަރަ އެފްސީގެ މުހައްމަދު ލިޔާހުއެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.

 

 

VN:F [1.9.22_1171]
Rating: 10.0/10 (1 vote cast)
VN:F [1.9.22_1171]
Rating: +1 (from 1 vote)
މިނިވަންކަޕް2017- މަންތަރަ އެފްސީ އިން މުބާރާތުގެ ފެށުން ރަގަޅުކޮށްފި, 10.0 out of 10 based on 1 rating

Comment