ލިޔުނީ: މުހައްމަދު ހިޒްޔަމް

ޝަމްސުއްދީން ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ  13 އަހަރުން ދަށުގެ ފުރަތަމަ މެޗް ޕާރޕްލް ހައުސް އިން ކާމިޔާބު ކޮށްފިއެވެ.  08 ލަނޑު 0 ލަނޑުން މި މެޗު ޕާރޕުލް ހައުސް އިން ކާމިޔާބުކުރީ އޮރެންޖް ހައުސް އާއި ވާދަކޮށެވެ

މި މެޗްގައި ޕާރޕްލް ހައުސްގެ މާއިޝް ވަނީ 4 ގޯލު ޖަހާފައެވެ. އަދި ހާމް 3 ގޯލް ކާމިޔާބުކޮށް ދީފައިވާއިރު އެ ޓީމުގެ ޝަމޫސް 1 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޕާރޕްްލް ހައުސްގެ ފަރާތުން މި މެޗްގައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

13 އަހަރުން ދަށުގެ އުމުރުފުރާގެ 2 ވަނަ މެޗުގައި ބައްދަލު ކުރީ ގްރީން ހައުސް އާއި ރެޑް ހައުސް އެވެ. މި މެޗް ކާމިޔާބު ކުރީ ރެޑް ހައުސް އިންނެވެ. ރެޑް ހައުސް އަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެނަލްޓީ އަކުން އެ ހައުސްގެ މުހައްމަދު ސައްޔާދު އެވެ.

11 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރީން ހައުސް އާއި ރެޑް ހައުސް އެވެ. މި މެޗް ގްރީން ހައުސް އިން ކާމިޔާބު ކުރީ 3 / 0 ގެ ނަތީޖާ އަކުންނެވެ.

11 އަހަރުން ދަށުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ އޮރެންޖް ހައުސް އާއި ޕާރޕްލް ހައުސް އެވެ. މި މެޗް ކާމިޔާބު ކުރީ އޮރެންޖް ހައުސް އިންނެވެ. މި މެޗްގެ ފައިނަލް ސްކޯރ އަކީ 1 / 0 ކެވެ.

އޮރެންޖް ހައުސް އިން ކާމިޔާބު ކުރި ހަމަ އެކަނި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ހައުސްގެ ހުސެއިން މުފްލިހް އެވެ.

މި މަހުގެ 14 އިން 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް އޮންނާނީ 15 ޖުލައި 2017 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. މި މެޗްތައް ކުރިއަށް ގެންދަނީ މީދޫ ސްޓޭޑިއަމް ގައެވެ.

VN:F [1.9.22_1171]
Rating: 1.0/10 (1 vote cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)
ހާމް އާއި މާއިޝްގެ ހެޓްރިކުން ޕާރޕްލް ހައުސް މޮޅުވެއްޖެ!, 1.0 out of 10 based on 1 rating

Comment