ޙައްޖާޖީންނަށް ހާއްސަކޮށް މައްކާގެ އިންޖިނޭރެއް ކަމުގައިވާ މުޙައްމަދު ހާމިދު ސަޔީޢް އެއާކޯން ކުރި ކުޑައެއް އުފައްދައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު އެއާކޯން ކުރި ކުޑަ ތައާރަފުކުރުމަށްޓަކައި ޖިއްދާގައި ބޭއްވި ހަފްލާގައި ސަޔީޢް ބުނެފައިވަނީ ބަރުދަނުގައި 610 ގްރާމް ހުރި މިކުޑައިގައިވާ ބެޓެރި ކަރަންޓުގެ އިތުރުން އަވިން ވެސް ޗާޖް ކުރެވޭނެ ކަމުގައެވެ.  ‘މައްކާ އަމްްްބްރެއްލާ’ ގެ ނަމުގައި ތައްޔާރުކުރި ކުޑަތައް ހައްޖު މޫސުމް ޖެހުމުގެ ކުރިން ނިންމުމަށް ގިނަ މަސައްކަތަކެއް ކުރަން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހައްޖުވެރިންނަށް ގަނެވޭނެ ފަދަ ހެޔޮ އަގެއްގައި ވިއްކުމަށް ތައްޔާރުކޮށްފައިވާ މި ކުޑައިގެ ފޮތިގަނޑުގެ ދަށުގައި ހަރުކޮށްފައިވާ ކޮންމެ ފެންފުޅިއެއް ވެސް ފަސޭހަކަމާ އެކީ ގުޅާ ލެވޭ އިރު ސްޕްރިންކޫލާ ތަކަށް ފެން ފޮނުވަން ހުންނާނީ އަތު ބުންބާއެކެވެ.

ދުނިޔޭގެ ބާޒާރަށް ވަރަށް އަވަހަށް މި ކުޑަތައް ތައާރަފުކުރުމަށް ހަމަޖެހިފައިވާ އިރު މިހާރު ކުޑަތައް ލިބެން ހުންނާނީ ހަމައެކަނި ޗައިނާއިން ކަމަށް ސަޔީޢް ވަނީ ބުނެފައެވެ. މިހާރުވެސް ގިނަ ބައެއްގެ މެދުގައި ‘މައްކާ އަމްބްރެއްލާ’ގެ މަގުބޫލުކަން އިތުރު ވެފައިވާއިރު އެންމެ ގިނައިން ކުޑަގަތުމަށް އެދެމުން ދަނީ ޔޫރަޕްގެ ގައުމުތަކުންނާއި އެޝީއާގެ ގައުމުތަކުންނެވެ.

މައްކާގެ  ފިނިހޫނުމިން މިހާރުވެސް 40 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ހައްޖު މޫސުމުގައި އަދި މިއަށްވުރެ ހޫނު ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރެއެވެ.އެހެން ކަމުން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅު ތަކުން އަންނަ ކޮންމެ ހައްޖުވެރިއަކަށް ‘މައްކާ އަމްބްރެއްލާ’ ފޯރުކޮށްދިނުމަކީ ސިޔީޢްގެ އެންމެ ބޮޑު އުއްމީދެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment