ސްޓެލްކޯ އިންދޭ ކަރަންޓުގެ ޚިދުމަތުން ނަގާ ފިއުލް ސާޗާޖު ކަނޑާލައިފި އެވެ.

ސްޓެލްކޯ އިން މިހެން ނިންމީ ފިއުލް ސާޗާޖް ނަގާ މިންގަނޑަށް ވުރެ ދަށް އަގުގައި އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ވިއްކާތީކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަބްދުއް ލަތީފް ވިދާޅުވީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ފިއުލް ސާޗާޖު ވަނީ 0.00 އަށް ދަށްވެފައިކަމުގައެވެ. އެންމެ ފަހުން ފިއުލް ސާޖާޗުގެ ގޮތުގައި ނަގަމުން ދިޔައީ ޔުނިޓަކުން 0.35 ރުފިޔާ ކަމަށެވެ. ” ފިއުލް ސާޗާޖު ކަނޑާލުމާ އެކު، ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ. ކަރަންޓުގެ ޚިދުމަތަށް އައި ބަދަލާ އެކު، ކަސްޓަމަރުން އެކުންފުންޏަށް މަހަކު ދައްކާ ފައިސާ އިން 8.54 މިލިޔަނެއްހާ ރުފިޔާ އުނިވެގެން ދާނެ” މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ދެމުން އަބްދުއް ލަތީފު ވިދާޅުވިއެވެ.

ސްޓެލްކޯ އިން ބުނީ ފިއުލް ސާޗާޖު ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލަށް އައި ހެޔޮ ބަދަލު އޯގަސްޓް މަހުގެ ބިލުން ފެށިގެން  ފެނިގެން ދާނެ ކަމުގައެވެ.

ތެލުގެ ޑިއުޓީގެ ގޮތުގައި ނަގަމުން އައި މިންވަރު ފަސް ޕަސެންޓަށް މިދިޔަ މަހު ކުޑަކުރުމާ ގުޅިގެން ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަނުންވެސް  ވަނީ ފިއުލްް ސާޗާޖް ކަނޑާލައިފަ އެވެ

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment