Baahubali fadha filmeh Bollywoodah nu-ufedhdheyne:Ram Gopal

ބާހުބަލީ ފަދަ ފިލްމެއް ބޮލީވުޑަށް ނުއުފެއްދޭނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ރާމް ގޯޕާލް ވަރުމާ ބުނެފިއެވެ.

ބާހުބަލީއާ ބެހޭ ގޮތުން އެނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެފަދަ ކަމެއް ބޮލީވުޑަށް ނުކުރެވެންވީ ދެ ސަބަބެއް ވާކަމަށެވެ.

ފުރަތަމަ ސަބަބަކަކީ އެވަރުގެ ބޮޑު މަންޒަރެއް ސިފަ ކޮށްދޭން ބޭނުންވާ ގިނަ ކަންކަން އެއްފަހަރާ ގެނެސްދިނުމަށް އުނދަގޫ ވާނެތީއެވެ. ދެވަނަ ސަބަބަކީ އެވަރު ބޮޑު ޚަރަދެއް ފިލްމަކަށް ކުރަން ގިނަ މީހުން ފަސްޖެހޭނެތީއެވެ.

އެނާ އިތުރަށް ބުނެފައިވަނީ އެފަދަ ޚަރަދެއް ކުރާނެ ފަރާތެއް ފަހަރެއްގައި ލިބުނު ކަމުގައި ވިއަސް ފިލްމްގެ ޑައިރެކްޓަރ އެސް.އެސް ރާޖްމޯލީ ފަދައިން އެކަމަށް ބޮޑެތި ޤުރުބާނީތަކެއްވެގެން އެކަން ކުރުމުގެ ޤާބިލީއްޔަތުކަން ބޮލީވުޑްގެ ނުހުންނާނެ ކަމުގައެވެ.

ފިލްމްގެ އެކްޓަރުން ފިލްމަށްޓަކައި ވެފައިވާފަދަ ޤުރުބާނީއެއް ވާނެ އެކްޓަރުން ވެސް ނުތިބޭނެ ކަމުގައި އެނާ ފާހަގަ ކުރިއެވެ. އެއީ ގިނަ އެކްޓަރުން އެއް މަޝްރޫއެއްގައި 3 އަހަރު ވަންދެން މަސައްކަތް ނުކުރާނެތީއެވެ.

ރާމް ގޯޕާލް ވަރުމާ ވަނީ ޚުދު އެނާއަށްވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އެއްބަސްވެފައެވެ. އެނާ ބުނި ގޮތުގައި އެނާ އެފަދަ ފިލްމެއް އުފެއްދުމަށް ބޭނުންވެސް ނުވާކަމަށާއި އަދި އެފަދަ ކެތްތެރި ކަމެއްވެސް ނުހުންނާނެ ކަމަށެވެ. ރާމް ގޯޕާލް ފާހަގަކުރި ގޮތުގައި ރާޖްމޯލީ ކުރާ މަސައްކަތުގެ %1 ވެސް އޭނާ އަށް ނުކުރެވޭނެއެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment