ހޮލީވުޑްގެ މަޝްހޫރު ތަރި ޝިއާ ލެބަފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވީ މަސްތުގެ ހާލަތުގައި ހުރެގެން އާންމު މަސްލަހަތަށް އުނދަގޫވާގޮތަށް އަމަލުތައް ބެހެއްޓުމުގެ ސަބަބުންނެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޖޯޖިއާގެ ސަވާނާގައި އެނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ. ސަވާނާ ޕޮލިސް ޑިޕާޓްމެންޓުން އޭނާ ހައްޔަރު ކޮށްފައިވަނީ އާންމު ތަނެއްގައި މަސްތުގެ ހާލުގައި ހުރެ އަދި އާންމު މަސްލަހަތު ނަގާލަން އުޅުމުގެ ތުހުމަތުގައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާދިސާ ހިނގީ އެނާ ގާތަށް އާންމު މީހަކާ އަދި ފުލުހެއް އައިސް ވާހަކަ ދަށްކަން ފެށުމުން އެނާ ރުޅިގަދަވެ އަންހެނުން އަދި ކުޑަކުދިން ކައިރީގައި ތިއްބާ ހަޑިހުތުރު ބަހުން މުއާމަލާތް ކުރަން ފެށުމުންނެވެ. އަދި އެތަން ދޫކޮށް ދިއުމަށް އޭނާއަށް އެންގުމުން އެނާ އެގޮތަކަށް އަމަލް ނުކުރިއެވެ. އަދި ފުލުސް މީހާ އެނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން ވަނީ ކައިރި ހޮޓަލަކަށް ވަދެ ފިލައިފައެވެ.

މިއީ ޝިއާ ގާނޫނާ ހިލާފްވެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެނާ ވަނީ މިފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ.

މިމައްސަލައިގައި އެނާވަނީ ކޯޓަށް 7000 ޑޮލަރު ދިނުމަށް ފަހު މިނިވަން ވެފައެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment