English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަހަށް، ޗައިނާ ފިޔަވައި ދެން އެންމެ ނުރައްކާ ބޮޑީ ބެންކޮކް ކަމަށް ޓްރެވެލް ޑާޓާ ތަކުން ދައްކައިފި އެވެ.

ޔުނިވާރސިޓީ އޮފް ސައުތަމްޓަމް އިން ދުނިޔޭގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތައް ހޯދައި ބަލައި ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއި އެކީ ފެތުރޭ، އަދި އެ ބަލި ފުރަތަމަ ފެނުނު ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރަނީ ބެންކޮކަށެވެ. ގައިންގަޔަށް އަރާ މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ބެންކޮކްގައި އުޅޭ މީހުންނަށް ކަމަށް ސައިސްވެރިން ވެސް ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑު ސިޓީތައް:
1.ބެންކޮކް
2.ހޮންގ ކޮންގ
3.ޓައިޕެއި
4.ސިއޯލް
5.ޓޯކިޔޯ
6.ސިންގަޕޫރ
7.ފުކެޓް
8.އޮސަކާ
9.ކުއަލަލަމްޕޫރ
10.މަކައު
11.ޑެންޕަސަރް ބަލި
12.ސިޑްނީ
13.ޗިއަންގ މައި
14.މެލްބޯން
15.ލޮސް އެންޖެލިސް
16.ނިއުޔޯކް
17.ދުބާއި
18.ނަޙް ޓްރަންގ،ވިއެޓްނާމް
19.ލަންޑަން
20.ހޯ ޗީ މިންހް ސިޓީ

ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑު ޤައުމުތައް:
1.ތައިލެންޑް
2.ޗަޕާން
3.ހޮންގް ކޮންގް،ޗައިނާ
4.ޓައިވާން،ޗައިނާ
5.ސައުތުކޮރިއާ
6.ޔޫއެސް
7.މެލޭޝިޔާ
8.ސިންގަޕޫރ
9.ވިއެޓްނާމް
10.އޮސްޓްރޭލިޔާ
11.އިންޑޮނޭޝިޔާ
12.ކެމްބޯޑިޔާ
13.މަކައު،ޗައިނާ
14.ފިލިޕީންސް
15.ޖާމަނީ
16.ކެނެޑާ
17.ޔޫކޭ
18.ޔޫއޭއީ
19.އިޓަލީ
20.ރަޝިޔާ

ކޮރޯނާ ވައިރަހުގައި މަރުވި/ރިކޯޑު ކުރެވުނު މީހުންގެ އަދަދު، ފޮޓޯ/ޑެއިލީ މެއިލް

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 131 މީހަކު މަރުވެފައިވާއިރު 5000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން އަންނަނީ ޗައިނާގައި މި ބަލި އެންމެ ހަލުވިކޮށް ފެތުރެމުންދާ ހިސާބުގައި ތިބި އެހެން ޤައުމުތަކުގެ  ރައްޔިތުން އަނބުރާ އެ ޤައުމުތަކަށް ގެނައުމުގެ މަސައްކަތް ފަށައިފައެވެ.