ބ.ދަރަވަންދޫއަކީ    ވަރަށް ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ ކޮންމެ ދިމާލަކަށް  ބަލާލި ކަމުގައިވިޔަސް ފެންނަނީ ހުނަރުން ފުރިގެންވާ އުފެއްދުންތެރި މަސައްކަތްތަކެވެ.   ބ. އަތޮޅުގައި ގިނަ ރިސޯރޓް ތައް ހުރުމުގެ ސަބަބުން މިފަދަ ގިނަ މަސައްކަތްތައް އަމާޒު ކުރެވިފައިވަނީ ފަތުރުވެރިންނަށެވެ.    ބީޓެކް އާރޓް އެންޑް ޑިޒައިން އަދި އެފް އެސް މީޑިޔާ ދަރިވަރުން ބ. އަތޮޅަށް ކުރި ދަތުރުގައި އެންމެ  ފުރަތަމަ އަމާޒަކަށްވީ  ދަރިވަރުން އެސައިންމެންޓް ހެދުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް  މިފަދަ ހުނަރުވެރިޔަކާ ބައްދަލުކޮށް މައުލޫމާތު ހޯދުމެވެ.

މިގޮތުން  ދަރިވަރުން ވަނީ ބ، ދަރަވަންދޫ އަށް އުފަން ކުޅަދާނަ ފަންނުވެރިޔަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ. މި ފަންނާނަކީ މުހައްމަދު ނާޒިމެވެ. ކުރެހުމާއި ފަރުމާކުރުމަށް ލޯބިކުރާ ނާޒިމަކީ ބ.ދަރަވަންދޫގައި ރައްދު ހަދިޔާ (ސޮވެނިޔަރ) ފިހާރައެއް ހިންގާ ކުޅަދާނަ ބޭފުޅެކެވެ.  އެފް. އެސް މީޑިއާގެ ދަރިވަރުންނަށް ނާޒިމުގެ މަސައްކަތާއި  ބެހޭގޮތުން މައުލޫމާތު ދެއްވަމުން  ވިދާޅުވީ، އޭނާ މިމަސައްކަތް ކުރަނީ ވަޒީފާއެއްގެ ގޮތަށް ނޫންކަމަށާއި މި މަސައްކަތް ކުރަނީ ހުސްވަގުތުކުރާ މަސައްކަތެއްގެ ގޮތުގައެވެ. ނާޒިމު އިތުރަށް ތަފުސީލު ދެއްވަމުން ވިދާޅުވީ ނާޒިމު  މިސައްކަތް ފެށުނީ   ކުޑައިރުއްސުރެ މިކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުންކަމަށެވެ. އެހެންކަމުން ކުޑައިރުން ފެށިގެން މި މަސައްކަތުގެ ތެރެއަށް ވަނީ ވަދެވިފައެވެ.

ނާޒިމްވަނީ ދަރިވަރުންނަށް އޭނަގެ ކުރެހުމުގެ ހުނަރު ދައްކާފައެވެ. މިގޮތުން އިރުއަރާ މަންޒަރު ވަގުތުން ދަރިވަރުން ދައްކައިގެން ވަނީ ކުރަހައި ދީފައެވެ. ނާޒިމު   އިތުރަށް ބުނި ގޮތުގައި އޭނާ ކުރެހުމަށް ބޭނުންކުރާ ހުރިހާ އެއްޗަކީވެސް މާހައުލުން ލިބެން ހުންނަ ތަކެއްޗެވެ.

”  އަހަރެން ކުރަހަން އިހްތިޔާރުކުރާ ގަޑިއަކީ ރޭގަނޑުގެ ވަގުތެވެ. އެއީ ހެނދުނު ހޫނުކަމާއި ދާހިއްލާފައި ހުންނައިރު ރަނގަޅަށް ނުކުރެހޭތީއެވެ. އަދި އޭސީއެއްގެ ދަށުގައި ކުރެހުމުން ފިހިތައް މާއަވަހަށް ހިކިގެންދާތީއެވެ”. އޭނާ ވިދާޅުވިއެވެ. ކުރެހުމަށް އިތުރަށް ފުރިހަމަވެގެން ދަނީ އެކުރެހުމަށްލާ ހިޔަނީގެ ސަބަބުންނެވެ

ނާޒިމުއަކީ ކުރެހުމަށް ވަރަށް ކުޅަދާނަ ވަރަށް ހުނަރުވެރި  އަދި  ފަންނުވެރި ބޭފުޅެއް،  އަޅުގަނޑުމެން  ކުރިމަތީގައި  ކުޑަވަގުކޮޅެއްގައި ނާޒިމު  ކުރެހި އިރުއަރާ މަންޒަރުން ނާޒިމުގެ ފަންނުވެރިކަމާއި އެފުއްދުންރިކަން  ވަރަށް ގާތުން  ފާހަގަވެގެންދިޔައެވެ. ނާޒިމް ދަރިވަރުންނާއި މުހާތަބުކުރައްވަމުން ބުނީ މި ދާއިރާއިން ކުރިޔަށް ދާންބޭނުންވާ ކުދިން ކުރުން އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ފަރިތަކުރުންކަމަށެވެ. ނާޒިމްގެ އުންމީދަކީ ދިވެހި ރާއްޖޭގައި ގިނަ އުފެއްދުންތެރި ފަންނުވެރިން އުފެދުމެވެ

އަޅުގަނޑުމެންގެ   ދުއާ އަކީ އަދި އުއްމީދަކީ ނާޒިމަށް އިތުރު  ކާމިޔާބާއި ބާއްޖަވެރިކަމެވެ. ނާޒިމުގެ  މި ހުނަރުވެރި މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާ  ނާޒިމުއަށް  އިތުރު ފާގަތި ކަމާއި  އުފާވެރިކަން ދެއްވާށި.                      .

 

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment