ހައިދަރް އާބާދްގެ މަޝްހޫރު ހޮޓަލަކުން ޕްލާސްޓިކް ހަނޑޫ ބޭނުންކޮށްގެން ކައްކާފައިވާ ބިރިޔާނީ ވިއްކި ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެކަމާ އެންމެ ކަންބޮޑުވި އެއް ބަޔަކީ ދިވެހިންކަން ޔަގީނެވެ. ކޮންމެ ދުވަހަކުވެސް ކެއުމަށްޓަކައި ބޭނުންކުރާ  ކާއެއްޗައްކާ ބެހޭ މި ފަދަ ވާހަކަތަކެއް އަޑު އިވުމުން ގިނަ މީހުންގެ ހިތުގައި އުފެދުނީ ސުވާލުތަކެކެވެ. މި ގޮތުން އެންމެ ގިނަ ބަޔަކު ސުވާލުކުރަމުންދަނީ ޕްލާސްޓިކް ހަނޑޫ ކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ތިރީގައި މިވަނީ ގޭގައި ކެއްކުމަށް ބޭނުންކުރާ ހަނޑުލަކީ ރަގަޅު ހަނޑޫ ތޯ އަމިއްލައަށް ގޭގައިވެސް ބަލާލެވޭނެ ވަރަށް ފަސޭހަ ގޮތްތަކެކެވެ.

  • ފެނުގެ ތެރެއަށް ހަނޑޫ އަޅާލުމަށްފަހު ފަސްވަރަކަށް މިނިޓްވަންދެން ބަހައްޓާށެވެ. ފަސް މިނިޓް ފަހުން ބަލާއިރު ހަނޑޫ މައްޗަށް އުފުލާފައިވާނަ އެއީ ޕްލާސްޓިކް ހަނޑުލެވެ.
  • ކުޑަ ހަނޑޫކޮޅެއް ނެގުމެއް ފަހު އަލިފާނުން ހޫނުކޮށްލާށެވެ. ހޫނުވަމުން ދާއިރު ޕްލާސިޓިކް އަނދާއިރު ދުވާ ފަދަ ވަހެއް ދުވާނަމަ އެއީ ރަގަޅު ހަނޑުލެއް ނޫނެވެ.
  • ތެޔޮ ފޮދެއްގެ ތެރެއަށް ހަނޑޫ އެޅުމަށްފަހު ހޫނުކުރަމުން ދާއިރު ވިރާފައި ހުންނަފަދަ ގޮތަކަށް މައްޗަށް އުފުލާފައިވޭތޯ ބަލާށެވެ.
  • ހަނޑޫ ކެއްކުމަށްފަހު ފުޅިއަކަށް އަޅާފައި ދެތިން ދުވަސްވަންދެން ބެހެއްޓުމަށްފަހު ބަލާއިރު އެއްވެސް ބަދަލެއް އައިސްފައިނުވާނަމަ އެއީ ޕްލާސްޓިކް ހަނޑުލެވެ. ރަގަޅު ހަނޑުލެއް ނަމަ އެހާ ދުވަސްވާއިރު ހަލާކުވާނެއެވެ

ހައިދަރްއާބަދްގެ ގިނަ މީހުންނަށް ޕްލާސްޓިކް ހަނޑޫ ބޭނުންކުރުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެފައިވާ އިރު ފުޑް އެންޑް ސިވިލް ސަޕްލައި އިން މިހާރުވަނީ ހަނޑުލުގެ ސާމްޕަލްތައް ނަގާ އިތުރު ތަހްލީލްތަކަށް ފޮނުވާފައެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment