English Edition
Dhivehi Edition
ޖޯތީގެ މަންމަ އާއި ބައްޕަ

2012 ވަނަ އަހަރު ޑިސެމްބަރ މަހު 16 ވަނަ ދުވަހު ދިއްލީގެ މަގަކުން ދުއްވާފައި ދިޔަ ބަހެއްގައި ގޭންގަކުން ރޭޕް ކޮށް ބޮޑެތި އަނިޔާތަކެއް ދީ މަގުމައްޗަށް އެއްލާލި އުމުރުން 23 އަހަރުގެ ޖޯތީ ސިންގގެ މަރަށް 7 އަހަރު ފުރޭދުވަހު 4 ގާތިލުން ދަންޖައްސައި މަރާލަން ޖެހޭނެކަމަށް އޭނަގެ މަންމަ ބުނެފިއެވެ.

“ދަރިފުޅު އަހަރެންގެ އަތުން ގެއްލުވާލީ އެ ހަތަރު މީހުން. މާގިނަ ދުވަހެއް ނުވެ މި ހާދިސާއަށް 7 އަހަރު ފުރޭނެ. ދަރިފުޅަށް އިންސާފު އަދި ނުލިބޭ. މިހާރު ހަތް އަހަރު މިވަނީ ގާތިލުން ހައްޔަރުކޮށްފައި ތިއްބަސް ދަރިފުޅަށް އަދި އިންސާފު ލިބުނީ ކަމަކަށް ގަބޫލެއް ނުކުރެވޭ. މި ޑިސެމްބަރ މަހު 16 ވަނަ ދުވަހު އެ ހަތަރުމީހުން ދަންޖައްސައި މަރާލަދީ” ޖޯތީގެ މަންމަ މީޑިއާ އާވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

ޖޯތީގެ ގާތިލުން

 

2012 ވަނަ އަހަރު ޖޯތީ އޭނަގެ ރައްޓެހި ފިރިހެން ކުއްޖަކާ އެކީ ފިލްމެއް ބަލަން ގޮސްފައި ގެޔަށް ދިޔުމަށް ބަހަކަށް އަރައި އިންދާ އޭނަގެ ރަހުމަތްތެރިޔާ އަށް އަނިޔާކޮށް އޭނަގެ ކުރިމަތީގައި އެބަހުގައި ތިބި 5މީހަކު ވަނީ ޖޯތީ ރޭޕް ކޮށް އޭނަގެ ޖިންސީ ގުނަވަނަށް ބޮޑެތި އަނިޔާ ތަކެއްދިނުމަށްފަހު ރަހުމަތްތެރިޔާ އާއި ޖޯތީ ގެ ހަށިގަނޑު މަގުމައްޗަށް އެއްލާލާފައެވެ. މިހާދިސާގައި ޖޯތީ އަށް ލިބިނު އަނިޔާއަށް އިންޑިޔާއިން ފަރުވާ ދިނުމަށް ފަހު ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ގެންގޮސް އިތުރު ފަރުވާ ދެމުން ދަނިކޮށް އޭނަ މަރުވެފައިވަނީ ޑިސެމްބަރ މަހު 29 ވަނަ ދުވަހު އެވެ.

ޖޯތީއާއި އެކު ބަހަށް އެރި ރަހުމަތްތެރިޔާ

 

މިހާދިސާ އަކީ އިންޑިއާގެ ތާރީހުގައި ހިނގި ރޭޕްގެ އެންމެ ބޮޑުއެއް ހާދިސާއެވެ. އަދި މިހާދިސާ އަށް ފަހު އިންޑިއާގައި ރޭޕް ކުރުމާއި ދެކޮޅަށް އެތައް ބަޔަކު ނިކުމެ މި އަމަލު ހުއްޓުވަން ސަރުކާރަށް ގޮވާލައި މުޒާހަރާ ކުރެއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އިންޑިއާގެ ސަރުކާރުން މިއަމަލު ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ.