English Edition
Dhivehi Edition
ސ.މީދޫ، ނޫކޮކާގެ، މުޙައްމަދު ޝަރީފް / ފޮޓޯ ޕޮލިސްމީޑިއާ

ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެންސ. މީދޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށް އޭނާ ހޯދުމުގައި އާންމުން އެހީތެރިވެދިނުމަށް ފުލުހުން އެދިއްޖެއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.މީދޫ، ނޫކޮކާގެ، މުޙައްމަދު ޝަރީފް (45އ) އެވެ.

ނަމަވެސް ޝަރީފް ހޯދަމުން އަންނަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވީމާ ޝަރީފް އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 6820009 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށްފުލުހުން އެދިފައިވެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.