English Edition
Dhivehi Edition

ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފާރިސް މައުމޫން ހައްޔަރު ކޮށްގެން ފުލުހުން ގެންގޮސްފިއެވެ.

އެމަނިކުފާނު ހައްޔަރު ކޮށްފައިވަނީ އަނބިކަނބަލުންގެ ގެކޮޅު (މ. ސްނޯ ރޯޒް) ގައި އުޅުއްވަނިކޮށް އެގެއަށް ފުލުހުންގޮސް ދާދި ދެންމެއަކުއެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައި ވިޔަސް ފުލުހުން ފާރިސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިފަހަރުވެސް ފާރިސްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

ހަމަ މިފަދަ ތުހުމަތުތަކެއްކޮށް ކުރީގެ ރައީސް މައުމޫންވެސް މިހާރުވަނީ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައެވެ. ރައީސް މައުމޫނާއެކު އުއްތަމަ ފަނޑިޔާރުވެސް ވަނީ ހައްޔަރުކޮށްފައެވެ.